Last Updated: June 6, 11:50
Saturday, June 6, 2026
ޚަބަރު

ކްލައިޓުންނަށް ޑްރަގް ދޭތީ ފަސީހް ހައްޔަރުކޮށްފި

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ފަރުާ ކްލައިންޓުންނަށް މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ހިންގާ މައްސަލައެއްގައި އެތަނުގެ މުވައްޒަފަކު ހައްޔަރުކޮށްފި އެވެ.

ހައްޔަރުކުރީ އައްޑޫ ފޭދު އަށް ނިސްބަތްވާ މުހައްމަދު ފަސީހު، 51، އެވެ.

ފުލުހުން ބުނީ އޭނަ ހައްޔަރުކުރީ އެންޑީއޭ އިން މައްސަލަ ހުށަހެޅުމުން ކަމަށެވެ. މައްސަލަ ހުށަހެޅީ މި މަހުގެ 4 ގަ އެވެ.

ފަސީހަކީ އެންޑީއޭގައި ޕިއާ މެންޓާއެއްގެ ގޮތުގައި މަސައްކަތްކުރަމުން އައި މީހެކެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ މިއަދެވެ.

ފަސީހަކީ ކުރިން މަސްތުވާތަކެއްޗާއި އެ ނޫން ވެސް އެކި ކަހަލަ ކުށްތަކުގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި އޮތް މީހެކެވެ.