ބޮލީވުޑްގެ ބަަތަލާ ސޯނަމް ކަ؛ޕޫރް ދެވަނަ ދަރިފުޅަށް ބަލިވެއިންކަން ކަށަވަރުކޮށް ދީފި އެވެ.
ބަލިވެއިންކަން ދައްކުވައިދޭ ފޮޓޯތަކަކާ އެކު އޭނަ މިއަދު އިންސްޓަގްރާމްގައި ޕޯސްޓްކުރި ފޮޓޯތަކެއްގެ ކެޕްޝަނަކަށް ޖަހާފައި އިނީ "މަދާ" އެވެ.
ސޯނަމް ދެވަނަ ދަރިއަކަށް ބަލިވެއިން ވާހަކަ މީޑިއާތަކުން މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ރިޕޯޓްކުރި ނަމަވެސް އޭރު އޭނަ އެކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ނުބުނެ އެވެ.
ސޯނަމް އާއި ވިޔަފާރިވެރިޔާ އާނަންދު އަޖޫހާގެ ދޮށީ ދަރިފުޅު ވަޔޫ އަށް މިހާރު 3 އަހަރެވެ. އެ ދެ މީހުން ކައިވެނިކުރީ 2018 ގަ އެވެ.
ސޯނަމަކީ މަޝްހޫރު އެކްޓަރު އަނިލް ކަލޫރްގެ ތިން ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. ކައިވެންޏަށް ފަހު، ސޯނަމް ފިލްމީ މަސައްކަތްތަކާ ވަރަށް ބޮޑަށް ދުރުގައި އުޅޭ އިރު، އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2021 ގައި މަސައްކަތް ނިންމައި 2023 ގައި ގެނެސްދިން ކްރައިމް ތުރިލާ "ބްލައިންޑް" އެވެ.
ކައިވެންޏަށް ފަހު ފިރިމީހާއާ އެކު ސޯނަމް ދިރިއުޅެނީ އިނގިރޭސިލާތުގަ އެވެ.