Last Updated: July 6, 14:04
Monday, July 6, 2026
ޚަބަރު

އުރީދޫ ސުޕަނެޓް ހިންނަވަރަށް

ރާއްޖޭގެ އެންމެ ހަލުވި އަދި އެންމެ އިތުބާރު ކުރެވޭ ހޯމް ބްރޯޑްބޭންޑްގެ ހިދުމަތް ކަމަށްވާ ސުޕަނެޓް ޅ. ހިންނަވަރަށް އުރީދޫ މޯލްޑިވްސް އިން ތައާރަފްކޮށްފި އެވެ.

އުރީދޫން ބުނީ، ސުޕަނެޓާ އެކު އަންލިމިޓެޑް ޑޭޓާ ޕެކޭޖުތައް ހިންނަވަރުގެ އާންމުންނަށާއި ވިޔަފާރިތަކަށް ލިބޭނެ ކަމަށެވެ.

ސުޕަނެޓާ އެކު ހިންނަވަރުގައި އުރީދޫ ސުޕަނެޓް ކަސްޓަމަރުންނަށް މިހާރު ސްމާޓް ހޯމް ބަންޑަލް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން މިއީ ސްމާޓް ޑިވައިސްތައް ސީމްލެސް ބްރޯޑްބޭންޑް ކަނެކްޓިވިޓީގެ ބާރުން އިންޓަގްރޭޓްކޮށްގެން އާންމު ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމަށް ފަރުމާކޮށްފައިވާ ޕެކޭޖެއް ކަމަށާއި އަދި ކޮންމެ އާ ސުޕަނެޓް ކަނެކްޝަނަކާ އެކު މިހާރު ބަންޑްލް އޮފާއެއް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.

މީގެއިތުރުން ސެކިއުރިޓީ ކެމެރާއަކާއި ސްމާޓް ޑޯބެލް ފަދަ ޒަރޫރީ ސްމާޓް ހޯމް ޑިވައިސްތައް ހިމަނައިގެން ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރި ނަމަވެސް ލުއި ފަސޭހަކަމާއި ގޭތެރޭގެ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމަށްވެސް އުރީދޫން ބުންޏެވެ.

އުރީދޫން ބުނީ، ރާއްޖޭގެ އިތުރު ސަރަހައްދުތަކަށް ސުޕަނެޓް ތައާރަފުކޮށް، ޑިޖިޓަލް ވަސީލަތްތަކާއި ހިދުމަތްތައް ފޯރުކޮށްދީ، އިގުތިސާދީ ކުރިއެރުމާއި ތައުލީމީ ފުރުސަތުތައް ފަހިކޮށްދީ، އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް ހިތްވަރުދެމުން އަންނަ ކަމަށެވެ.