Last Updated: June 21, 21:40
Sunday, June 21, 2026
ޚަބަރު

ފަނޑިޔާރުކަމުން ނިޔާޒް ރިޓަޔަ ކުރައްވަނީ

ހައި ކޯޓުގެ އެންމެ ގިނަ ދުވަސް ވީ ފަނޑިިޔާރު ކަމަށްވާ މުހައްމަދު ނިޔާޒު ރިޓަޔަކުރައްވަން ނިންމަވައިފި އެވެ.

އޭނަ ފަނޑިޔާރުކަމުން ރިޓަޔަރ ކުރައްވަން ނިންމާފައި މި ވަނީ ޝަރުއީ ދާއިރާގައި 23 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު އެވެ. ނިޔާޒު އެންމެ ފުރަތަމަ ފަނޑިޔާރުކަމަށް އައްޔަން ކުރީ ސެޕްޓެމްބަރު 30، 2002 ގަ އެވެ. އެއީ އޭރު ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓްކަމުގެ މަގާމަށެވެ.

އޭގެ ފަހުން ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަން ވެސް ކުރައްވާފައިވެ އެވެ.

މިދިޔަ ހޯމަ ދުވަހު ބޭއްވި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ބައްދަލުވުމަށް ނިޔާޒުގެ ރިޓަޔަމަންޓް ގަބޫލުކުރުމާއި މެދު ގޮތެއް ނިންމުމަށް ތާވަލު ވެސް ކުރި އެވެ.

ނިޔާޒު ރިޓަޔާކުރައްވަން ހުށަހެޅުއްވި ސަބަބެއް ސާފެއް ނުވެ އެވެ. އެކަމަކު އޭނަ ފަނޑިޔާރުކަމުން ރިޓަޔަލުރެއްވުމަށް ހުށަހެޅުއްވީ އޭނަގެ ސުލޫކީ މައްސަލަތަކެއް ވެސް ޖޭއެސްސީގައި ހިނގަމުން ދަނިކޮށެވެ. ކޮމިޝަނުގެ ނައިބު ރައިސަކަށް ހުންނެވުމަށް ފަހު މިދިޔަ އޮގަސްޓް 21 ގައި ނިޔާޒު އެ މަގާމުން އިސްތިއުފާ ވެސް ދެއްވާފައިވެ އެވެ.