އިންޑިއާ އިން އަންނަ އަހަރުގެ އޮސްކާ އެވޯޑްސް އަށް ހުށަހަޅަން ނިންމި ފިލްމު "ހޯމްބައުންޑް" މިއަދު ނެޓްފްލިކްސް އަށް ދޫކޮށްލައިފި އެވެ.
ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަޝަނުން މިދިޔަ ސެޕްޓެމްބަރުގައި ސިނަމާތަކަށް ގެނައި މި ފިލްމަކީ އާންމުންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި 2015 ގެ "މަސާން" ގެނެސްދިން ޑައިރެކްޓަރު ނީރަޖް ގިއަވަން ހަދާފައިވާ ފިލްމެކެވެ.
ވިޔަފާރީގެ ގޮތުން މާ ކާމިޔާބު ފިލްމަކަށް "ހޯމްބައުންޑް" ނުވިޔަސް މި ފިލްމަކީ އިންޑިއާގެ އިތުރުން ބޭރުގެ ކްރިޓިކުންގެ ތައުރީފު ވަރަށް ބޮޑަށް އޮހުނު ފިލްމެކެވެ.
ދަތި އުނދަގުލުގެ ތެރޭގައި ވެސް ހުވަފެންތައް ހަގީގަތަކަށް ހެދިދާނެކަން ދެ ޒުވާނަކު ސާބިތުކޮށް ދޭބް ކުރާ ހިތްވަރު ގަދަ ދަތުރު ދައްކުވައިދޭ ފިލްމުގެ ލީޑް ތަރިންނަކީ ޝާހިދު ކަޕޫރާއި ވިޝާތު ޖެތުވާ އެވެ. އަދި "ހޯމްބައުންޑް" ގެ މުހިއްމު ރޯލެއް ޖާންވީ ކަޕޫރް ވެސް ކުޅެފައިވެ އެވެ.
ފާހަގަކޮށްލެވޭ ކަމަކީ މި ފިލްމަކީ ހޮލީވުޑްގެ ނުފޫޒު ގަދަ ޑައިރެކްޓަރު/ޕްރޮޑިއުސަރު މާޓިން ސްކޮސީސް އެކްޒެކެޓިވް ޕްރޮޑިއިސަރެއްގެ ގޮތުގައި ހިއްސާވާ ފިލްމެއްކަމެވެ.