Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ބިރު ދައްކައި މީހެއްގެ ފޯނު ފޭރިގެންފި

ތޫނު ހަތިޔާރު އެއްޗަކިން ބިރު ދައްކައިގެން މީހެއްގެ ފޯނު ފޭރުނު މައްސަލައެއްގައި މާލެ އިން މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރީ ހ. ގާޑަންބިއުޓީ މުހައްމަދު ޝައިހާން، 26، އެވެ.

އޭނަ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ގެންދިޔުމުން ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ. ޝައިހާންގެ ކޯޓު އަމުރުން އެނގޭ ގޮތުގައި، އަނާގެ މައްޗަށް ކުރަނީ ފޭރުމާއި ބިރުދެއްކުން އަދި ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތެވެ.

ފުލުހުން ކޯޓުގައި ބުނީ މި ފޭރުމުގައި އޭނާއާ އެކު އިތުރު މީހަކު ވެސް ބައިވެރިވެފައިވާ ކަމަށާއި ޝައިހާން ހައްޔަރުުރީ ކޮށްފައި ފޯނު ފޭރުމަށް ފަހު ފިލަން އުޅެނިކޮށް ކަމަށެވެ.

ނަމަވެސް އަނެއް މީހާ ހައްޔަރުކުރި ކަމެއް ސާފެއް ނުވާ އިރު، ފުލުހުން އަންނަނީ މިކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.