Last Updated: June 6, 11:50
Saturday, June 6, 2026
ޚަބަރު

ހަލާލު ޓޫރިޒަމަށް އިތުރު 5 ތަނެއް ބީލަމަށް

ހަލާލް ޓޫރިޒަމް މޮޑެލް އަށް ރިސޯޓްތަކެއް ތަރައްގީކޮށް ހިންގަން އިތުރު ފަސް ތަނެއް ޓޫޫރިޒަމް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެތަން ތަނަކީ ހއ. ބިނާފުއްޓާއި އެ އަތޮޅު ކަނޑާފިނޮޅާއި ހދ. މަކުނުދޫ ފަރު 1 އާއި ރ. ފުރިފަރުގެ އިތުރުން ލ. ފޮނަގާދޫ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މި ތަންތަން ހަލާލު ޓޫރިޒަމަށް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 3 ހަމައަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ކަމަށެވެ. މިކަމާ ގުޅޭ ގޮތުން ބާއްވާ ޕްރީ-ބިޑް މީޓިންތަކެއް އަންނަ މަހުގެ 9 އާއި ޖެނުއަރީ 6 ގައި އޮންލައިންކޮށް ބާއްވަން ހަމަޖެހިފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އެ ބައްދަލުވުންތަކުގައި ބައިވެރިވާން ރަޖިސްޓްރީވާނީ އަންނަ މަހުގެ 8 އާއި ޖެނުއަރީ 6 ގެ ކުރިން ކަމަށެވެ. ރަޖިސްޓްރީ ވާނީ ބައިވެރިވުމަށް އެދޭ ފަރާތުގެ ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯން ނަންބަރު މި މެއިލް އަށް [email protected] ފޮނުވައިގެންނެވެ.

މި ސަކާރުން ހަލާލު ޓޫރިޒަމަށް 31 ތަނެއް ހުޅުވައިލަން ނިންމާފައިވެ އެވެ. އޭގެ ތެރެއިން ބައެއް ތަންތަން ކުރިން ވެސް ވަނޖީ ބީލަމަށް ހުޅުވާލައިފަ އެވެ.

ހަލާލް ޓޫރިޒަމަށް ދޫކުރާ ތަންތަން ތިން ނިންމަން ދޭނީ ތިން އަހަރު ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.