މާލޭގައި މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން ބުނީ މާލޭ ލެމަންގްރާސް ސިޓްރޮންއާ ދިމާ ބޭރުން މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައި ވަނީ 21:15ގައި ކަމަށެވެ. އަދި މި ހަރަކާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 3މިނެޓްގެ ދިގުމިނަކަށް ކަމަށް ވެސް ބުންޏެވެ.
މިއީ އަމިއްލަ ފަރާތެއްގެ އެދުމުގެ މަތީން ވިޔަފާރި އުސޫލުން ސިފައިންގެ ކޯޕަރޭޓިވްއިން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.