Last Updated: July 6, 14:04
Monday, July 6, 2026
ޚަބަރު

ނާސިރުގެ މަންމާފުޅު އަވަހާރަވުމުން ރައީސްގެ ތައުޒިޔާ

ރައީސް އޮފީހުގެ މިނިސްޓަރު ޢަބްދުﷲ ނާޞިރުގެ މަންމާފުޅު އަވަހާރަވުމާއި ގުޅިގެން ރައީސް ޑރ.މުޙައްމަދު މުޢިއްޒު، އާއިލާއަށް ތަޢުޒިޔާ ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް، ޢަބްދުﷲ ނާޞިރުގެ ލޮބުވެތި މަންމާފުޅު ޝަރީފާ މުޙައްމަދު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއި އެކުގައި ކަމަށެވެ.

"އެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުޢާކުރަން. މަރްޙޫމާ ޝަރީފާ މުޙައްމަދު މާތް الله ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލައްވާށި،" ރައީސްގެ ޕޯސްޓުގައިވެ އެވެ.

މިނިސްޓަރު ނާޞިރުގެ މަންމާފުޅުގެ މޫނުދެއްކުމާއި ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގަ އެވެ. މައްޔިތާ ވަޅުލުމަށް ހަމަޖެހިފައިވަނީ މަޣްރިބް ނަމާދަށްފަހުގަ އެވެ.