ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ފަރުވާ ހޯދާ ކްލައިންޓުންނަށް މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ހިންގާ މައްސަލައެއްގައި ހައްޔަރުކުރި އެ ތަނުގެ މުވައްޒަފުގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
ހައްޔަރުކުރީ އައްޑޫ ފޭދު އަށް ނިސްބަތްވާ މުހައްމަދު ފަސީހު، 51، އެވެ. އޭނާގެ ބަންދަށް 15 ދުވަސް ޖެހީ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ގެންދިޔުމުންނެވެ.
ފުލުހުން ބުނީ އޭނަ ހައްޔަރުކުރީ އެންޑީއޭ އިން މައްސަލަ ހުށަހެޅުމުން ކަމަށެވެ. މައްސަލަ ހުށަހެޅީ މި މަހުގެ 4 ގަ އެވެ.
ފަސީހަކީ އެންޑީއޭގައި ޕިއާ މެންޓާއެއްގެ ގޮތުގައި މަސައްކަތްކުރަމުން އައި މީހެކެވެ. އޭނާ އަކީ ކުރިން މަސްތުވާތަކެއްޗާއި އެ ނޫން ވެސް އެކި ކަހަލަ ކުށްތަކުގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި އޮތް މީހެކެވެ.