Last Updated: June 7, 22:00
Sunday, June 7, 2026
ރިޕޯޓް

ޤުރުއާން ކިޔަވައި ޢަމަލުކުރުމުގެ ބައެއް ފައިދާތައް

ޞާދު ސޫރަތުގެ 29 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވައިފައިވެ އެވެ.

كِتَابٌ أَنزَلْنَاهُ إِلَيْكَ مُبَارَكٌ لِّيَدَّبَّرُوا آيَاتِهِ وَلِيَتَذَكَّرَ أُولُو الْأَلْبَابِ

މާނައީ: މިއީ ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލެއްވި ބަރަކާތްތެރި ފޮތެކެވެ. އެއީ އެއުރެން އެ ފޮތުގެ އާޔަތްތަކުގެ މާނަތަކާ މެދު ވިސްނާ ފިކުރު ކުރުމަށެވެ. އަދި ބުއްދީގެ އަހުލުވެރިން އެއިން ނަސޭޙަތް ލިބިގަތުމަށެވެ.

އެ ބަރަކާތުގެ އަސަރު ވަގުތާއި، ހަކަތަޔާއި، ގުޅުންތަކަށާއި، ކަންކަން ކުރުމުގެ ތައުފީޤު ލިބޭ ލިބުމަށް ކުރާނެއެވެ.

ޤުރުއާން ކިޔަވާ އެ ފޮތަށް ޢަމަލުކުރުމުގެ ބައެއް ފައިދާތައް:

* ސުވަރުގޭގެ މަތީ ދަރަޖަތަކަށް ވާޞިލުވެވޭނެ: ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވެ އެވެ.

يُقَالُ لِصَاحِبِ الْقُرْآنِ: اقْرَأْ، وَارْتَقِ، وَرَتِّلْ كَمَا كُنْتَ تُرَتِّلُ فِي الدُّنْيَا، فَإِنَّ مَنْزِلَكَ عِنْدَ آخِرِ آيَةٍ تَقْرَؤُهَا

މާނައީ: ”ޤުރުއާނުގެ އަހުލުވެރިޔާއަށް ޤިޔާމަތްދުވަހުން ބުނެވޭނެތެވެ. ތިބާ ކިޔަވާށެވެ. (އަދި ކިޔަވަމުން ސުވަރުގޭގައި) މައްޗަށް އަރާށެވެ. އަދި ތިބާ ދުނިޔެ މަތީގައި ތަރްތީލްކޮށް ކިޔެވި ފަދައިން ތަރްތީލްކޮށް ކިޔަވާށެވެ. ސުވަރުގެއިން ތިބާއަށްލިބޭ މަންޒިލަކީ ކިޔަވަމުން ކިޔަވަމުން މައްޗަށްއަރަމުންގޮސް އެންމެ ފަހުން ތިބާ ކިޔަވާ އާޔަތާއެކު ވާޞިލްވެވޭ ހިސާބެވެ.” [أخرجه الترمذي: حديث/ 3914 صحيح ]

* މާ ތްﷲ އާ ކުއްތަންވެވޭނެޅ ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރެއްވި އެވެ. ( إِنَّ لِلَّهِ أَهْلِينَ مِنْ النَّاسِ )”ހަމަކަށަވަރުން މީސްތަކުންގެ ތެރޭގައި ﷲ ތަޢާލާގެ މީސްތަކުންވެއެވެ.” ޞަޙާބީން ސުވާލު ދެންނެވިއެވެ. “ﷲގެ ރަސޫލާއެވެ. އެއީ ކޮން ބައެއްތޯއެވެ؟” ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ޙަދީސްކުރެއްވި އެވެ. “އެއީ ޤުރުއާނުގެ އަހުލުވެރިންނެވެ. (އެބައިމީހުންނަކީ) ﷲ ގެ އަހުލުންނެވެ. އަދި އެކަލާނގެއަށް އެންމެ ޚާއްސަވެގެންވާ މީސްތަކުންނެވެ. صححه الألباني في “صحيح ابن ماجة”

* ޤިޔާމަތް ދުވަހުން ޤުރުއާނުގެ ޝަފާޢަތް ލިބޭނެ: ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސް ކުރައްވާފައިވެ އެވެ.

((اقْرَءُوا الْقُرْآنَ فَإِنَّهُ يَأْتِي يَوْمَ الْقِيَامَةِ شَفِيعًا لِأَصْحَابِهِ)) [أخرجه مسلم في صحيحه]

މާނައީ: “ތިޔަބައިމީހުން ޤުރުއާން ކިޔަވާށެވެ. ފަހެ ހަމަކަށަވަރުން ޤިޔާމަތްދުވަހުން ޤުރުއާން އޭގެ އަހުލުވެރިންނަށް (އެ ކިޔަވާ، ދަސްކޮށް އެއަށް ޢަމަލުކުރިމީހުން) ޝަފާޢަތްތެރިއެއްގެ ގޮތުގައި އަންނާނެ އެވެ.”

މަތިވެރިވެގެންވާ މަލާއިކަތުންގެ މަޖިލީހުގައި މާތްﷲ ތިބާގެ ޒިކުރު ކުރައްވާނެ:

((مَا اجْتَمَعَ قَوْمٌ فِى بَيْتٍ مِنْ بُيُوتِ اللَّهِ تَعَالَى يَتْلُونَ كِتَابَ اللَّهِ وَيَتَدَارَسُونَهُ بَيْنَهُمْ إِلاَّ نَزَلَتْ عَلَيْهِمُ السَّكِينَةُ وَغَشِيَتْهُمُ الرَّحْمَةُ وَحَفَّتْهُمُ الْمَلاَئِكَةُ وَذَكَرَهُمُ اللَّهُ فِيمَنْ عِنْدَهُ)) [رواه مسلم بهذا اللفظ]

މާނައީ: ”ބަޔަކު މީހުން ﷲގެ ގެކޮޅުތަކުގެ ތެރެއިން ގެކޮޅަކަށް އެއްވެ، އެބައިމީހުންގެ މައްޗަށް މަޑުމައިތިރިކަން ބާވާނުލައްވާ ގޮތަކަށް، ﷲގެ ފޮތް ކިޔަވާ، އަދި އެބައިމީހުންގެ މެދުގައި ﷲގެ ފޮތް މުދާރަސާކޮށް ނަހަދައެވެ. އަދި އެބައިމީހުން ރަޙްމަތުން ވަށާލެވެއެވެ. (އެބަހީ: އެބައިމީހުންގެ މައްޗަށް ގިނަގުނަވެގެންވީ ރަޙުމަތް ލައްވައެވެ.) އަދި މަލާއިކަތްބޭކަލުން (މާތްކޮށް ހިއްތެވުމުގެ ގޮތުން) އެބައިމީހުން ވަށާލައްވައެވެ. އަދި ﷲތަޢާލާ، އެއިލާހުގެ ޙަޟްރަތުގައިވާ ބޭކަލުންގެ (މަލާއިކަތް ބޭކަލުންގެ) އަރިހުގައި އެބައިމީހުންގެ ވާހަކަ ޛިކްރު ކުރައްވައެވެ.”

ހެޔޮ ޢަމަލުތައް އިތުރު ކުރެވޭނެ: ((الْمَاهِرُ بِالْقُرْآنِ مَعَ السَّفَرَةِ الْكِرَامِ الْبَرَرَةِ وَالَّذِى يَقْرَأُ الْقُرْآنَ وَيَتَتَعْتَعُ فِيهِ وَهُوَ عَلَيْهِ شَاقٌّ لَهُ أَجْرَانِ) [متفق عليه]

މާނައީ: “ޤުރުއާން ކިޔެވުމުގައި ކުޅަދާނަމީހާ(މާހިރު) ވާހުށީ ވަޙީލިޔުއްވާ މާތް މަލާއިކަތް ބޭކަލުންނާއި އެކުގައެވެ. އަދި އުނދަގުލުން ކޮށަކޮށައިގެން ޤުރުއާން ކިޔަވާ މީހާއަށް ދެއަޖުރު ލިބޭ ހުށްޓެވެ.”

«مَنْ قَرَأَ حَرْفًا مِنْ كِتَابِ اللَّهِ فَلَهُ بِهِ حَسَنَةٌ، وَالحَسَنَةُ بِعَشْرِ أَمْثَالِهَا، لَا أَقُولُ الم حَرْفٌ، وَلَكِنْ أَلِفٌ حَرْفٌ وَلَامٌ حَرْفٌ وَمِيمٌ حَرْفٌ» [رواه الترمذي وصححه الألباني]

މާނައީ:”ﷲ ގެ ފޮތުން އެންމެ އަކުރެއްވެސް ކިޔަވައިފި މީހަކަށް ހެޔޮ ކަމެއްވެއެވެ. ކޮންމެ ހެޔޮ ކަމެއް އޭގެ ދިހަ ހެޔޮކަންފަދައެވެ. (އަލިފް ލާމް މީމް)އެއީ އެންމެ އަކުރެއް ކަމުގައި ތިމަންކަލޭގެފާނު ވިދާޅެއް ނުވަމުއެވެ. އެހެންނަމަވެސް އަލިފަކީ އަކުރެކެވެ. ލާމަކީވެސް އަކުރެކެވެ. އަދި މީމަކީވެސް އަކުރެކެވެ.”

* ހިތް ހަރުކަމަށް ފަރުވާ ލިބޭނެ އަދި ހިތުގައި ޖަހާފައިވާ ދަމިލަތައް ފިލުވާލެވޭނެ
* ގިނަގިނައިން ޛިކުރުކުރާ މީހުންގެ ތެރޭގައި ލެއްވެވޭނެ
* ޝައިޠާނާ ދުރުކޮށް ދިނުން

މަސްދަރު: އިލްމު.އެމްވީ