Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

އާރްޑީސީ އަށް އާ ލޯގޯއެއް

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ލޯގޯ ރީބްރޭންޑްކޮށްފި އެވެ.

މަގުތައް ހަދަން ހާއްސަކޮށްގެން މީގެ ހަ އަހަރު ކުރިން ސަރުކާރުން އުފެއްދި ކުންފުނީގެ ލޯގޯ އަށް ބަދަލު ގެނައީ 6 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި އާ ލޯގޯ އިފްތިތާހުކޮށް ދެއްވީ ޓްރާންސްޕޯޓް މިމިސްޓަރު މުޙައްމަދު އަމީނެވެ.

ސަރުކާރު 100 ޕަސންޓް ހިއްސާވާ އާރްޑީސީ އަކީ ޖޫން 6، 2019 ގައި އުފެއްދި އޭރުގެ ރައީސްގެ ގަރާރަކުން އުފެއްދި ކުންފުންޏެވެ.

އާރްޑީސީއަށް 6 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ދަތުރުފަތުރާ މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވަނީ، ރާއްޖޭގެ އުމްރާނީ ތަރައްޤީގައި އާރްޑީސީއަކީވެސް މުހިންމު ދައުރެއް އަދާކުރާ ކުންފުންޏެއްކަން ފާހަގަކުރައްވާ، އާރްޑީސީން ކުރައްވާ މަސައްކަތް ފާހަގަކޮށް ޝުކުރުއަދާކުރައްވާފައެވެ.

ރޭގެ ރަސްމިއްޔާތުގައި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމް ވިދާޅުވީ، އެ ކުންފުންޏަކީ ރައްޔިތުންނާ ގުޅުންހުރި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދާ އަދި އަރަނިވެރި ކުންފުންޏަކަށް ހެދުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އެގޮތުން ކުރެވޭ މަސައްކަތްތަ ކާއެކު އެކު ންފުންޏަކީ މިހާރު ހިންގާ މަޝްރޫޢުތަކަށް ވުރެ ސްކޯޕް ބޮޑެތި މަޝްރޫޢުތައް ވެސް ހިންގުމުގެ ޤާބިލުކަން ލިބިފައިވާ ކުންފުންޏަކަށް ހެދުމަކީ އަމާޒެއް ކަމަށް ވިދާޅުވި އެވެ.

"ކުރިއަށް އޮތް ހައެއްކަ މަސް ދުވަސްތެރޭގައި އަޅުގަނޑުމެންނަށް މި ކުންފުނި އަރަނިވާ ކުންފުންޏަކަށް ބަދަލު ކުރެވޭނެ." ނަޒީމް ވިދާޅުވިއެވެ.

އަހަރީ ރަސްމިއްޔާތުގެ ތެރެއިން ވަނީ ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންގެ އަގު ވަޒަންކޮށް، ތަފާތު 8 ދާއިރާއަކުން މުވައްޒަފުންނަށް ޚާއްސަ އެވޯޑްތަކެއް ވެސް ދީފަ އެވެ.