Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް މިއަދު ފަށަނީ

އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މި އަހަރުގެ "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" މިއަދު ފަށަން ތައްޔާރުވެއްޖެ އެވެ.

ހިތަދޫގައި އޮންނަ އައްޑޫ ޒޯން ސްޓޭޑިއމްގައި ކުރިއަށް ގެންދާ މުބާރާތުގައި 5 ޓީމަކުން ވާދަކުރެ އެވެ. އެ ޓީމުތަކަކީ ފްރެންޑްސް ކުލަބް، މައިލޯ ސިޓީ ސްޕޯޓްސް ކުލަބް، ފާހި ސްޕޯޓްސް، ކްލަބް ލޮތާރި އަދި މަރަދޫ އެފްސީ އެވެ.

މިއަދު މުބާރާތް ހުޅުވާ މެޗްގައި މިއަދު ބައްދަލު ކުރަން ހަމަޖެހިފައު ވަނީ މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަން ކަމަށްވާ ހިތަދޫ މައިލޯ ސިޓީ އާއި މަރަދޫ އެފްސީ އެވެ. މެޗް ފަށަން ހަމަޖެހިފައި ވަނީ ހަވީރު 4:00 ގަ އެވެ.

ހެޕީ މާކެޓުން ސްޕޮންސަކޮށްފައިވާ "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" ގެ ފައިނަލް މެޗް ކުޅޭނީ އަންނަ މަހުގެ 6 ގަ އެވެ.

މި މުބާރާތުގެ މަގުސަދަކީ އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމާ އެކު، ވާދަވެރި މާޙައުލެއްގައި ކުޅުމުގެ ފުރުޞަތު ޒުވާނުންނަށް ހޯދައި ދިނުން ކަމަށް ކައުންސިލުން ބުނެ އެވެ. މުބާރާތް ބާއްވަމުން އަންނަނީ 2019 އިން ފެށިގެންނެވެ.