ރިސޯޓް ތަރައްގީކޮށް ހިންގަން އިތުރު 13 ރަށެއް ބީލަމަށް ހުޅުވާލައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މީގެ ތެރޭގައި ހިމެނެނީ ހއ. އަތޮޅުގެ ފަސް ތަނަކާއި ހދ. އަތޮޅުގެ ވެސް ފަސް ތަނެއްގެ އިތުރުން ށ. އަތޮޅުގެ ތިން ތަނެކެވެ.

މި ތަންތަނުގައި ރިސޯޓްތައް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ އަހަރުގެ ފެބްރުއަރީ 3 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
މިކަމާ ގުޅޭ ގޮތުން ބާއްވާ ޕްރީ-ބިޑް މީޓިންތަކެއް އަންނަ މަހުގެ 9 އާއި ޖެނުއަރީ 6 ގައި އޮންލައިންކޮށް ބާއްވަން ހަމަޖެހިފައިވެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ އެ ބައްދަލުވުންތަކުގައި ބައިވެރިވާން ރަޖިސްޓްރީ ވާނީ އަންނަ މަހުގެ 8 އާއި ޖެނުއަރީ 5 ގެ ކުރިން ކަމަށެވެ. ރަޖިސްޓްރީ ވާނީ ބައިވެރިވުމަށް އެދޭ ފަރާތުގެ ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯން ނަންބަރު މި މެއިލް އަށް [email protected] ފޮނުވައިގެންނެވެ.