Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ވޭމަންޑު އަށް ޤުރުއާނާ ބެހޭ މަރުކަޒުގެ ސެންޓަރެއް

ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ތ. ވޭމަންޑޫގައި ހުޅުވައިފި އެވެ.

އިއްޔެ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ސެންޓަރު ހުޅުވައި ދެއްވީ ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒު ބެލެހެއްޓުމާ ހަވާލުވެ ހުންނެވި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަބްދުﷲ ސަޢުދާނެވެ.

އެރަސްމިއްޔާތުގައި ތ އަތޮޅު ކައުންސިލްގެ ރައީސް އަބްދުالله ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ވޭމަންޑޫ އައުޓްރީޗް ސެންޓަރުގައި ދެ ކްލާސް ރޫމާއި އޮފީސް ބައެއް ހިމެނެ އެވެ.

ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ހުޅުވައި ޤުރުއާންގެ އިލްމު މުޅި ރާއްްޖެ އަށް ފުޅާކުރަން ނިންމާފައިވެ އެވެ.