Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރެޓްތަކެއް ގެއްލިއްޖެ!

ވިލިމާލޭ ޕޮލިސް ސްޓޭޝަން.

ފުލުހުންގެ ބެލުމުގައި ދަށުގައި ހުރި ސިނގިރޭޓި ކާޓަންތަކެއް ގެއްލުނު މައްސަލައެއްގެ ތަހުގީގު ފަށައިފި އެވެ.

ފުލުހުން މިއަދު މީޑީއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް 32 ކާޓަން ސިނގިރޭޓި ގެންގޮސްފައިވާ ކަމަށެވެ އަދި އެ ތަކެއްޗަކީ ބިދޭސީއެއްގެ އަތުން މި އަހަރު މެއި 23 ވަނަ ދުވަހު އަތުލައިގަތް ތަކެތި ކަމަށާއި އެ ސިނގިރެޓްތައް ހުރީ ވިލިމާލޭ ޕޮލިސް ސްޓޝަންގައި ކަމަށެވެ.

ފުލުހުން ބުނީ އޭގެ ތެރެއިން ހަ ކާޓަން މަދުވި މައްސަލައެއް ފެންމަތިވެ އެ މައްސަލަ މިހާރު ތަހުޤީޤު ކުރަމުން އަންނަ ކަމަށެވެ. އަދި އެ ތަކެތި މަދުވިކަން އެނގުނީ، އޮންނަ އުސޫލުގެ ތެރެއިން މިތަކެތި ކަސްޓަމްސްއާ ހަވާލުކުރުމަށް މި މަހުގެ 12 ވަނަ ދުވަހު ބެލުމުން ކަމަށް ފުލުހުން ބުންޏެވެ.

އެހެންވެ މި މައްސަލަ ތަހުޤީޤު ކުރަމުން ދަނިކޮށް މީގެ ކުރިން ވެސް މިފަދަ ކަމެއް ހިންގާފައިވާކަން ފާހަގަވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެގޮތުން މިދިޔަ އަހަރު ޑިސެމްބަރު މަހު 23 ގައި ދެ ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ، 25 ކާޓަން ސިނގިރޭޓު ގެއްލިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެހެހެންވެ މި ދެ މައްސަލައާ ގުޅިގެން ޖިނާއީ ތަހުގީގެއް ފަށައިމައްސަލަތަކާއި ގުޅޭ އިދާރީ މައްސަލަތައް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ބަލަމުން އަންނަ ކަމަށް ބުންޏެވެ.

ދިވެހިން ދުންފަތާ ދުރުކުރަން ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ދަށުން ސިނގިރެޓުން ނަގާ ޑިއުޓީ ބޮޑުކުރި ފަހުން ގަވާއިދާ ހިލާފަށް ސިނގިރެޓް އެތެރެ ކުރުމާއި އެތެރެކޮށްފައި ވަނިކޮށް ކަމާ ބެހޭ ފަރާތްތަކުން ހިފަހައްޓައި ބެލުމުގެ ދަށުގައި ހުންނަ ސިނގިރެޓްތައް ގެއްލޭ މައްސަލަތައް މި ފަހުން ވަރަށް ބޮޑުވެފައިވެ އެވެ.

އެގޮތުން ދާދި ފަހުން އެމްޕީއެލްގެ ހުޅުމާލޭ ޕޯޓުން ދެ ކޮންޓެއިނަރުގެ ސިނގިރެޓް ގެއްލުނު މައްސަލައެއް ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ. އެ މައްސަލައިގައި ހައްޔަރުކުރި ގިނަ ބަޔަކު މިހާރު ތިބީ ޝަރީއަތް ނިމެންދެން ބަންދުގަ އެވެ.