Last Updated: June 7, 22:00
Sunday, June 7, 2026
ދުނިޔެ

މަރުކަޒީ ބޭންކްގެ 800،000 ޑޮލަރު ފޭރިގެންފި!

ގިނަ އަދަދެއްގެ ފައިސާ ހިފައިގެން ދަތުރުކުރި އިންޑިއާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްއައިބީ) ގެ ވޭނެއް ހުއްޓުވައި އެ ފައިސާ ފޭރިގެންފި އެވެ.

މީޑިއާތަކުން ބުނީ ބެންގަލޫރްގައި މިދިޔަ ބުދަ ދުވަހު މެންދުރު ހިންގި އެ ވައްކަމުގައި ފޭރިގެންފައި ވަނީ 70 މިލިއަން ރުޕީސް (800،000 ޑޮލަރު) ކަމަށެވެ. އެ ފައިސާ ފޭރިގަތީ އެ ހިފައިގެން ދަތުރުކުރި އާރްބީއައިގެ ވޭނު ވަގުންތަކެއް، އެތަނޔގެގެ އޮފިޝަލުންތަކެއް ކަމަށް ހެދިގެން ތިބެ އެވެ.

ބެންގަލޫރްގެ ޕޮލިސް ކޮމިޝަނަރު ސީމަންތު ކުމާރު ސިންގް ވިދާޅުވީ އެ ވޭނަކީ ބޭންކްގެ ބްރާންޗްތަކަށް ފައިސާ ހިފައިގެން ދަތުރުކުރި ވޭނެއް ކަމަށެވެ. އަދި ވޭން ވަގުން ހުއްޓުވީ އެއަށް ފާރަލަމުން ފަހަތުން އެ މީހުންގެ އެސްޔޫވީ ދުއްވަމުން ގޮސް ކަމަށް ވެސް ވިދާޅުވި އެވެ.

އާރްބީއައިގެ އޮފިޝަލުންތަކެއް ހަމަށް ހެދިގެން ތިބި ވަގުން ވޭނު ހުއްޓުވި އިރު، އެ އެ މީހުންގެ އަތުގައި ހަތިޔާރު ވެސް ހުއްޓެވެ. އަދި ކާރުގެ ނަމްބަރު ޕްލޭޓްގައި "ގަވަރަމަންޓް އޮފް އިންޑިއާ" ވެސް ޖަހާފައިވެ އެވެ.

ކާރުގައި ތިބި ވަގުން ވޭން ހުއްޓުވި އިރު އޭގައި ތިބީ ޑްރައިވަރާއި ފައިސާއާ ހަވާލުވެގެން ހުރި މީހާގެ އިތުރުން ދެ ސެކިއުރިޓީ ގާޑުންނެވެ.

ސީމަންތު ވިދާޅުވީ ވަގުން ފައިސާއާ އެކު ވޭނާ އެކު ފިލަން މަސައްކަތްކުރީ ޗެކް ކުރަން ކަމަށް ބުނެ ވޭން ހުއްޓުވައި، އޭގައި ތިބި މީހުން ބާލުވައި ވަގުން ދުއްވި ކާރަށް އެ މީހުން އެރުވުމަށް ފަހު އެވެ. އެއާ އެކު ވޭނު އަތުލައިގަންނަން ފަހަތުން ކާރު ދުއްވި ކަމަށާއި ފައިސާއާ އެކު ވަގުން ފިލީ ވަކި ހިސާބަކުން މަޑުކުރުމަށް ފަހު ބަޑިން ބިރު ދައްކައި، ވޭނުގައި ހުރި ފައިސާ ކާރަށް ބަދަލު ކުރުމަށް ފަހު ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.

މި ވައްކަމާ ގުޅިގެން ފުލުހުން މިހާރު ވަނީ ވަގުން ހޯދަން ބޮޑު އޮޕަރޭޝަނެއް ފަށައިފަ އެވެ. އަދި ވަގުން ދުއްވި ކާރު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.