Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

'މަގޭ ސާފު ރާއްޖެ' ކޮންފަރެންސް ގަމުގައި ބާއްވަނީ

"މަގޭ ސާފު ރާއްޖެ' ދެވަނަ ކޮންފަރެންސް ލ. ގަމުގައި ބާއްވަން ތައްޔާރުވެއްޖެ އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން އިންތިޒާމުކުރާ މި ކޮންފަރެންސް އެ ރަށުގައި އޮންނާނީ މި މަހުގެ 24-26 އަށެވެ.

ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ދާއިރާއިން ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައި، މި ދާއިރާގައި ކުރިއެރުންތައް ހޯދުމަށް މަޝްވަރާކުރުން ކަމަށެވެ. އެގޮތުން ކޮންފަރެންްސްގެ ބައިވެރިންގެ މެދުގައި ހިޔާލު ބަދަލުކޮށް، އެކުލަވާލެވޭ ރޭވުންތަކުގެ ތެރެއިން، ރާއްޖެއަށް ފައިދާހުރި ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް މަސައްކަތް ކުރާނެ އެވެ.

ކޮންފަރެންސްގައި ސަރުކާރުގެ އިސްވެރިންނާއި، ދާއިރާގެ ތަޖުރިބާކާރުންނާއި، ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތްކުރާ ފަރާތްތަކުން ބައިވެރިވެ، ކުނި މެނޭޖްކުރުމުގެ ރޭވުންތައް ވަރުގަދަކޮށް، ދެމެހެއްޓެނިވި ރާއްޖެއަކަށް ކުރިއެރުން ހޯދުމަށް މަޝްވަރާކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

'މަގޭ ސާފު ރާއްޖެ" ލޯންޗްކުރީ މި އަހަރުގެ ޖޫން 19 ގަ އެވެ. އެގޮތުން ފުރަތަމަ ކޮންފަރެންސް ބޭއްވީ އެ މަހުގެ 20-23 އަށެވެ.