Last Updated: July 6, 14:04
Monday, July 6, 2026
ޚަބަރު

ރައީސް ވިލިމާލޭ ރައްޔިތުންނާ ބައްދަލުކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިލިމާލޭ ރައްޔިތުންނާ މާދަމާ ރޭ ބައްދަލުކުރެއްވުމަށް ނިންމަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި ގޮތުގައި މި ބައްދަލުކުރެއްވުމަކީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވާ އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް، މާލެ ސަރަޙައްދުގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް މުއިއްޒު އިއުލާނު ކުރެއްވި އިއުލާނުކުރެއްވުމާ އެއްގޮތްވާ ގޮތުގެމަތީން ބާއްވާ ބައްދަލުވުމެކެވެ.

މި ބައްދަލުކުރެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާރޭ 8:30 ގައި މުޙްޔިއްދީން ސްކޫލުގަ އެވެ.

މި ބައްދަލުވުމަށް ވިލިމާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ސަރުކާރުން ވަނީ ދައުވަތު އަރުވާފަ އެވެ.