Last Updated: July 6, 14:04
Monday, July 6, 2026
ޚަބަރު

ޕޯސްޓުގެ ނަމުގައި ސްކޭމް މެސެޖުތަކެއް، ސަމާލުވޭ!

މޯލްޑިވްސް ޕޯސްޓުގެ ނަމުގައި ސްކޭމް މެސެޖުތައް ފޮނުވަމުންދާތީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.

ފުލުހުން ބުނީ "އަމީނިއްޔާ"ގެ ނަމުގައި ކަސްޓަމްސްގައި އޯޑަރެއް ހިފަހައްޓާފައިވާ ކަމަށް ބުނެ ލިންކެއް ހިމެނޭ މެސެޖެއް ގިނަ ބަޔަކަށް ފޮނުވަމުންދާ ކަމަށެވެ. އަދި ކަސްޓަމުން އެ އޯޑަރު ދޫކުރުމަށް ފައިސާ ދެއްކުމަށް ވެސް އެ މެސެޖުގައިވެ އެވެ.

ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ބުނީ އެ މެސެޖުގައިވާ ލިންކަކީ ބޭންކު ކާޑުގެ މައުލޫމާތު ވަގުންނަށް ހޯދަން ފުރުސަތު ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ލިންކެއް ކަމަށެވެ. އަދި އެފަދަ ލިންކުތަކަށް ފިއްތާނުލައި، އެ މެސެޖު ޑިލީޓްކޮށްލުމަށް ވެސް ވަނީ އެދިފަ އެވެ.

މިފަދަ މެސެޖުތަކަށް ސަމާލުވުމަށް ޕޯސްޓު އޮފީހުން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.