Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ދެން ބަލައިގަންނާނީ އީ-ވިސާ

މިއަދުން ފެށިގެން ވޯކް ވިސާގެ ގޮތުގައި ހަމައެކަނި އީ- ވިސާ ބަލައިގަންނަން ފަށައިފި އެވެ.

އިމިގްރޭޝަނުން ވަނީ އީ-ވިސާ ތަޢާރަފް ކުރުމާ ގުޅިގެން އެކަންކަމަށް ސަމާލުވުމަށް މިއަދުން ފެށިގެން ޕާސްޕޯޓުގައިވާ ވޯކް ވިސާ އޮޓޮމެޓިކުން އީ-ވިސާއަށް ބަދަލުވާނެކަން ކުރިން އިއުލާންކޮށްފަ އެވެ.

އެހެންވެ މިއަދުން ފެށިގެން ޕާސްޕޯޓުގައިވާ ވޯކް ވިސާއަކީ ސައްޚަ ވިސާއެއް ކަމަށް ނުބެލެވޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އީ-ވިސާގެ މުއްދަތު ދެން ބިނާވާނީ ވޯކް ޕާމިޓްގެ މުއްދަތަށް ކަމަށާއި މިއަދުން ފެށިގެން ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދެވޭނީ މުއްދަތު ހަމަނުވާ އީ-ވިސާއެއް އޮތް ފަރާތްތަކަށް ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

އަދު މިއަދުން ފެށިގެން ރާއްޖެއިން ފުރުމުގެ ހުއްދަ ދެވޭނީ މުއްދަތު ހަމަނުވާ އީ-ވިސާއެއް އޮތް ފަރާތެއްކަން ފާހަގަކޮށެވެ. އަލަށް ވޯކް ޕާމިޓް ލިބިގެން ރާއްޖެ އަންނަ ބިދޭސީންނަށް އެތެރެވުމުގެ ހުއްދަ ދެވޭނީ ހޯމްލޭންޑް މިނިސްޓްތީން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ" އެންޓްރީ ޕާސް" އެއް އޮވެގެން ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.