Last Updated: June 7, 22:00
Sunday, June 7, 2026
މުނިފޫހިފިލުވުން

'ހަންގާ ގޭމްސް 6' އަންނަ އަހަރު

އާންމުންގެ ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ހޮލީވުޑްގެ ކާމިޔާބު "ދަ ހަންގާ ގޭމްސް" ފްރެންޗައިޒްގެ 6 ވަނަ ފިލްމު އަންނަ އަހަރު ގެނެސްދޭނެކަން އިއުލާންކޮށްފި އެވެ.

ފްރާންސިސް ލޯރެންސް ޑައިރެކްޓްކުރާ "ހަންގާ ގޭމްސް: ސަންރައިޒް އޮން ދަ ރީޕިން" ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ ނޮވެމްބަރު 20 ގަ އެވެ.

އޭނަ އަކީ މިހާތަނަށް ގެނެސްދިން "ހަންގާ ގޭމްސް" ގެ ފަސް ފިލްމުގެ ތެރެއިން ހަތަރު ފިލްމުގެ ވެސް ޑައިރެކްޓަރެވެ. އެއީ 2013 ގެ "ހަންގާ ގޭމްސް: ކެޗިން ފަޔާ" އާއި 2014 ގެ "ހަންގާ ގޭމްސް: މޮކިންޖޭ ޕާޓް 1" އާއި 2015 ގެ "ޕާޓް 2" ގެ އިތުރުން 2023 ގެ "ހަންގާ ގޭމްސް: ދަ ބެލޭ އޮފް ސޯންގްބާޑްސް އެންޑް ސްނޭކްސް" އެވެ.

"ހަންގާ ގޭމްސް" ގެ ފުރަަތަމަ ބައި 2012 ގައި ގެނެސްދިން ގެރީ ރޮސް ޑައިރެކްޓްކޮށެވެ.

މި ފްރެންޗައިޒްގެ ފިލްމުތަކަކީ ލިޔުންތެރިޔާ ސޫޒަން ކޮލިންސްގެ "ހަންގާ ގޭމްސް" ގެ ވާހަކަތަކަށް ބިނާކޮށް ގެނެސްދޭ އެއްޗެކެވެ.

މީގެ 6 ވަނަ ބައި އަންނަ އަހަރު ގެނެސްދޭ އިރު ކުރީގެ ބައިތަކުގެ މައިގަނޑު ތަރި ކަމަށްވާ ޖެނިފާ ލޯރެންސް އާ ފިލްމުގެ ކާސްޓްގައި ނުހިމެނެ އެވެ. "ހަންގާ ގޭމްސް: ސަންރައިޒް އޮން ދަ ރީޕިން" ގެ ކާސްޓުންނަކީ ޖޯސެފް ޒާޑާ، ޖެސީ ޕްލެމަންސް، ރާފް ފިއެނެސް، ގްލެން ކްލޯޒް، ކިއެރެން ކަލްކިން، އެލީ ފޭނިން، ކެނާ ގްރޭސް، މާޔާ ހޯކް، ވިޓްނީ ޕީކް، އަދި ކެލްވިން ހެރިސަން ޖޫނިއާ އެވެ.

"ދަ ހަންގާ ގޭމްސް" ފަސް ފިލްމަށް ބޮކްސް އޮފީހުގައި އާމްދަނީގެ ގޮތުގައު 3.3 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ.