Last Updated: June 7, 22:00
Sunday, June 7, 2026
ދުނިޔެ

ބްރެޒިލްގެ ކުރީގެ ރައީސް ހައްޔަރުކޮށްފި

ބަޣާވާތެއް ރޭވިކަމުގެ ކުށް ސާބިތުވެ 27 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވާ ބްރެޒިލްގެ ކުރީގެ ރައީސް ޖައިރު ބޮލްސޮނާރޯ ހައްުޔަރުކޮށްފި އެވެ.

އޭނަ އިއްޔެ ހައްޔަރުކުރީ ޖަލު ހުކުމް ތަންފީޒު ކުރަން ފެށުމުގެ ކުރިން ގޭބަންދުކޮށްފައި ވަނިކޮށް، ފިއްލަވަން އުޅުއްވާ ކަމަށް ލިބުނު މައުލޫމާތުތަކާ ގުޅިގެންނެވެ. ބޮލްސޮނާރޯ ގޭބަންދުކޮށްފައި ހުރީ ޓެގް ވެސް އަޅުވައިފަ އެވެ. އޭނަ ފައިގައި ޓެގް އެޅުވީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.

ބަޣާވާތެއް ރޭވިކަމުގެ ކުށް ސާބިތުވެ ބޮލްސޮނާރޯ 27 އަހަރަށް ޖަލަށްލާން ހުކުމްކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނަ އިއްޔެ ހެނދުނުގެ ވަގުތެއްގައި ގެއިން ފިއްލަވަން އުޅުއްވީ ފައިގައި އަޅުވާފައި ޓެގް ވެސް ހަލާލުކޮށްލެވުމަށް ފަހު އެވެ.

ބޮލްސޮނާރޯ ހައްޔަރުކުރީ ފިއްލަވަން އުޅުއްވާ ކަމަށް ސުޕްރީމް ކޯޓަށް ލިބުނު މައުލޫމާތުތަކާ ގުޅިގެންނެވެ. އެގޮތުން ގެކޮޅު ކައިރި އަށް ބަޔަކު ޖަމާކޮށް، ހާޖާނުގަނޑެއް އުފެއްދުމަށް ފަހު، ބޮލްސޮނާރޯ ފިއްލަވަން އުޅުއްވާ ކަމަށް މައުލޫމާތު ލިބުމާ ގުޅިގެން އޭނަ ހައްޔަރު ކުރުމުގެ އަމުރު ފުލުހުންގެ މައްޗަށް ކޯޓުން ނެރުނެވެ.

ބްރެޒިލްގައި 2019-2022 އަށް ވެރިކަން ކުރެއްވި ބޮލްސޮނާރޯ، 70، ގެ މައްޗަށް ބަގާވާތުގެ އުފުލީ ބްރެޒިލްގެ މިހާރުގެ ރައީސް ލޫލާ ޑި ސިލްވާ 2023 ގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން، އޭނަ ހުވާކުރެއްވުމަށް ހުރަސް އަޅުއްވައި ބަޢާވާތެއް ކުރަން އުޅުއްވުމާ ގުޅިގެންނެވެ.