މިދިޔަ އަހަރު ތައާރަފުކުރި ސީ-ޓު-އެއާ ކާގޯ ޚިދުމަތް މެދުވެރިކޮށް މިހާތަނަށް 3،000 އަށް ވުރެ ގިނަ ޓަނުގެ ކާގޯ އުފުލާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އެމްއޭސީއެލް) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލް) ގުޅިގެން ދޭ މި ޚިދުމަތް ފެށީ މިދިޔަ އަހަރުގެ މެއި 15 ގަ އެވެ.
މިނިސްޓްރީން ބުނީ ސީ-ޓު-އެއާ ކާގޯ ހިދުމަތުގެ ދަށުން މި މަހުގެ 7 ގެ ނިޔަލަށް އެ ހިދުމަތާ 17 އެއާލައިނެއް ވެސް ގުޅިފައިވާ ކަމަށެވެ. އެގޮތުން ވައިގެ މަގުން 24 ގައުމަކަށް މިހާރު މުދާ ފޮނުވަ އެވެ. މި މުއްދަތުގެ ތެރޭގައި ސީ-ޓު-އެއާ ކާގޯއިން 3،617 ޓަނުގެ ކާގޯ އުފުލާފައިވެ އެވެ.
މި ހިދުމަތް ފުޅާވަމުން އަންނަ އިރު މިއީ ރާއްޖޭގެ އިގުތިސާދަށް ކުރިއެރުންތަކެއް ގެނެސްދެމުން އަންނަ ހިދުމަތެއް ކަމަށް ސަރުކާރުން ބުނެ އެވެ.
ސީ-ޓު-އެއާ ކާގޯ ހިދުމަތަކީ ވައިގެ މަގާއި ކަނޑުމަގު ބޭނުންކޮށްގެން، މުދާ އެއްތަނުން އަނެއް ތަނަށް ފޯރުކޮށް ދިނުމަށް ތަޢާރަފުކުރި ފަސޭހަ އަދި އަވަސް ޚިދުމަތެކެވެ.