ރިޒާޒް ބޭންކް އޮފް އިންޑިއާ (އާރްބީއައި) ގެ އޮފިޝަލުންތަކެއް ކަމަށް ހެދިގެން ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރުނު މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ހަ މީހަކު ހިމެނޭ ގްރޫޕަކުން 70 މިލިއަން ރުޕީސް (800،000 ޑޮލަރު) ފޭރިގަތީ އެ ފައިސާ ހިފައިގެން ބެންގަލޫރްގެ ލާލްބާގް ސަރަހައްދުން ދަތުރުކުރި ވޭނަށް ކާރެއްގައި، ވަގުން ފާރަލަމުން ފަހަތުން ގޮސް ހުއްޓުވުމަށް ފަހު މިދިޔަ ދުވަހު ބުދަ ދުވަހުގެ މެންދުރުގެ ވަގުތެއްގަ އެވެ.
ފޭރުނު ފައިސާތަކަކީ ބޭންކްތަކުގެ ބްރާންޗްތަކުގެ އޭޓީއެމްތަކަށް ލާން ގެންދިޔަ ފައިސާ ކަމަށް މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ބެންގަލޫރް ފުލުހުން ބުންޏެވެ.
ބެންގަލޫރްގެ ޕޮލިސް ކޮމިޝަނަރު ސީމަންތު ކުމާރު ސިންގް ވިދާޅުވީ ރޯމާދުވާލު ހިންގި ބޮޑު ފޭރުމާ ގުޅިގެން 200 ފުލުހަކު ނެރެގެން ފެށި ބޮޑު އޮޕަރޭޝަންގެ ދަށުން ފޭރުނުކަމުގެ ތުހުމަތުގައި މިހާތަނަށް 3 މީހަކު ހައްޔަރުކޮށް، ބާކީ ދެން ތިބި މީހުން ހޯދަމުިން އަންނަ ކަމަށެވެ. ހައްޔަރުކުރި ތިން މީހުންނަކީ ގޯޕާލް ޕްރަސާދު ކިޔާ މީހަކާއި ޖޭ ޒޭވިއާ ކިޔާ މީހެއްގެ އިތުރުން އަނައްޕާ ނައިކް ކިޔާ މީހެކެވެ.
ސީޕީ ވިދާޅުވީ ފޭރޮގަތް ފައިސާގެ ތެރެއިން 57.6 މިލިއަން ރުޕީީސް ވެސް ހޯދާފައިވާ ކަމަށާއި މި މައްސަލަ ވަރަށް ބޮޑު އިސްކަމެއް ދީގެން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.