Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

ކުއްޖަކަށް ސިނގިރެޓް ބޯންދޭން އުޅުނު މައްސަލައެއް

އުމުރުން 10 އަހަރުގެ ކުއްޖަކު ގަދަކަމުން ހިފަހައްޓައި، ބިރު ދެއްކުމަށް ފަހު ސިނގިރޭޓު ބޯންދޭން އުޅުނުކަމަށް އުޅުނު މައްސަލައެއް ފެމެލީ މިިނިސްޓްރީން ބަލަން ފަށައިފި އެވެ.

މި މައްސަލައެއް ހިނގައިގެން އުޅޭކަން ފެންމަތިވީ އެ ކުއްޖާގެ އާއިލީ ބަޔަކު މި މައްސަލައިގެ ވާހަކަ ސޯޝަލް މީޑިއާގައި ދެއްކުމުންނެވެ. މިކަން ހިނގާފައި ވަނީ މެދު ރާއްޖެތެރޭގެ ރަށެއްގަ އެވެ.

މި ހާދިސާގެ ތަފްސީލު ސޯޝަލް މީީޑިއަފައި ހިއްސާކޮށް ކުއްޖާގެ މާމަ ބުނެފައު ވަނީ އިއްޔެ ހާދިސާ ހިނގީ އިއްޔެ މަޣްރިބު ނަމާދަށް މިސްކިތަށް ކުއްޖާ ދަނިކޮށް ކަމަށެވެ.

އެ ކުއްޖާ މިސްކިތަށް ދަނިކޮށް ފެމެލީ މިނިސްޓްރީން ބަލަހައްޓާ 17 އަހަރުގެ ދެ ކުއްޖަކުވެގެން، 10 އަހަރުގެ އެ ކުއްޖާ ހުއްޓުވައި، ފަޅު ތަނަކަށް ގެންގޮސް އެ ކުއްޖާގެ ޖީބުތައް ބަލައި، ފައިސާ ހުރިތޯ އަހައި، ހުރިނަމަ ދޭން އެންގިކަމަށް ވެސް އެ ކުއްޖާގެ މާމަ ބުނެފައިވެ އެވެ.

އަދި ކުއްޖާ ގައިގައި ސިނގިރޭޓު ބަޓު ޖައްސައި، އެ ބޯންދޭން އުޅުން ފަދަ އެތައް އަނިޔާއެއް ދިން ކަމަށް ވެސް ބުނެފައިވެ އެވެ. މީގެ އިތުރުން އެ ވާހަކަ މަންމަ އާއި ބައްޕަ ގާތު ބުނާނެކަމަށް ކުއްޖާ ބުނުމުން، "އެ ދެ މީހުންގެ ދުވަސް ދުއްވާލާނެ"ކަމަށް ބުނެ އިންޒާރު ވެސް ދީފައިވާ ކަމަށް ބުންޏެވެ.

މި ވާހަކަތައް ކުއްޖާގެ ބައްޕަ ވެސް ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށް، ބުނެފައ ވަނީ އެ ހާދިސާގެ ސަބަބުން ދަރިފުޅަށް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށެވެ. އެހެންވެ މިކަމުގައި ޒިންމާވާން ޖެހޭ ކުދިންގެ މައްސަލަ ބަލައި، އިންސާފު ހޯދައިދޭން ގޮވައިލާފައިވެ ފައެވެ.

މި ހާދިސާ މިނިސްޓްރީގެ ސަމާލު ކަމަށް އައުމާ ގުޅިގެން އެކަން މިހާރު ބަލަމުން އަންނަ ކަމަށް ފެމިލީ މިނިސްޓްރީން ބުންޏެވެ.