ސްކިލް-ބޭސްޑް ޕްރޮގްރާމްތައް ކުރިއަށް ގެންދާ މުދައްރިސުންގެ ޤާބިލުކަން އިތުރު ކުރުމަށް، ނޭޝަނަލް ޓްރޭޑް ޓެސްޓިން ސެޓްފިކޭޝަން (އެންޓީޓީސީ) ގެ ޚާއްޞަ ޕްރޮގްރާމެއް ފަށައިފިއެވެ.
މިއީ ތައިބާ އިނިޝިއޭޓިވްގެ ދަށުން، އެސްޓީޖީ އެކްޓިވިޓީ 1.4.3 ގައި ހިމެނޭ ގޮތަށް، ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމުކޮށްފައި ހުރި އިންކްލޫސިވް ސްކިލްސް ހަބްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަޤްޞަދުގައި ކުރިއަަށްގެންދާ ޕްރޮގްރާމެެެކެވެ. މޯ
ލްޑިވްސް ޕޮލިޓެކްނިކާއި ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން ގުޅިގެން ކުރިއަށް ގެންދާ އެއް ހަފުތާގެ މުއްދަތަކަށް ކުރިއަށްދާ މި ޕްރޮގްރާމްގައި 35 މުދައްރިސުން ބައިވެރިވެ އެވެ.
މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދަނީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އިން ދޫކުރާ އެންޓީޓީސީއާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި ތަމްރީނުގެ ސަބަބުން ވޮކޭޝަނަލް އެޑިޔުކޭޝަން ކިޔަވައިދޭ މުދައްރިސުންގެ ފަންނީ ޤާބިލުކަން އިތުރުވެ، ވަޒީފާގެ މާހައުލަށް ބޭނުންވާ މުހިންމު ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދެވިގެން ދާނެ އެވެ.
މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަޙްމަދު މުޙައްމަދެވެ.