Last Updated: July 17, 15:06
Friday, July 17, 2026
ޚަބަރު

އެމްއޭސީއެލްގެ ބޯޑަށް ޖަމީލު އައްޔަންކޮށްފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ބޯޑަށް، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށި ދާއިރާގެ މެންބަރު ޖަމީލް އުސްމާން މިއަދު އައްޔަންކުރައްވައިފި އެވެ.

ޖަމީލް އެމްއޭސީއެލް ބޯޑަށް އައްޔަން ކުރެއްވިކަން ހާމަކުރެއްވީ ޕަބްލިކް ކޮމްޕެނީސް ބޯޑު (ޕީސީބީ) އިންނެވެ.

ޖަމީލަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ގެމަނަފުށި ދާއިރާ ތަމްސީލުކުރެއްވި މެމްބަރެވެ.

ޖަމީލް އުސްމާނާ އެކު، އެމްއޭސީއެލްގެ ބޯޑުގައި މި ވަގުތު ތިއްބެވީ 8 މެމްބަރުންނެވެ. އެއީ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހް އާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި ސަހާ ވަހީދާއި އިބްރާހިމް ސިޔާދު ގާސިމާއި މުހައްމަދު މިހާދާއި އިބްރާހިމް މަހުދީ އަދި މުޖުތަބާ އެވެ.