Last Updated: July 6, 18:59
Monday, July 6, 2026
ޚަބަރު

އީޒެޕަށް އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭގޮތް ހަދަނީ

އީޒެޕްގެ ހިދުމަތްތައް އެމްފައިސާ މެދުވެރިކޮށް ދޭގޮތަށް އުރީދޫ ފިންޓެކް މޯލްޑިވްސް އިން ޕާޓްނާޝިޕެއް ހަދައިފިއެވެ.

އެމް-ފައިސާ އަކީ ރާއްޖޭގައި އެންމެ އިތުބާރުކުރެވޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަންތަކުގެ ތެރޭގައި ހިމެނޭ ޑިޖިޓަލް ވޮލެޓެކެވެ. އީޒަޕްގެ އިންޓެގްރޭޝަން އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި މި ޕާޓްނާޝިޕްއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އުރީދޫ ފިންޓެކް މޯލްޑިވްސްގެ ސީސީއޯ ހުސައިން ނިޔާޒް ވިދާޅުވީ ތަސައްވުރަކީ ޑިޖިޓަލް ޕޭމަންޓްގެ ހިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދިނުން ކަމަށެވެ.

މި ޕާޓްނަޝިޕާ ބެހޭގޮތުން އީޒަޕްގެ ސީއީއޯ އަދި ސީއެފްއޯ ޢަބްދުالله މިއުވާން ޝަރީފް ވިދާޅުވި ގޮތުގައި ކަސްޓަމަރުންގެ އާންމު ދިރިއުޅުން ފަސޭހަކޮށްދިނުމަށް އެކުންފުނިން އަބަދުވެސް މަސައްކަތްކުރާ ކަމަށެވެ. އެމް-ފައިސާ އިންޓެގްރޭޓް ކުރުމާއެކު ފަސޭހަ، ރައްކާތެރި އަދި ހަރުދަނާ ޕޭމަންޓް އޮޕްޝަނެއް ކަސްޓަމަރުންނަށް ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އުރީދޫން ބުނީ އެ ޕާޓްނާޝިޕްގެ ދަށުން އީޒެޕް ބޭނުންކުރާ ފަރާތްތަކަށް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެމްފައިސާ މެދުވެރިކޮށް ރައްކާތެރި އަދި މެދުނުކެނޑި ޑިޖިޓަލް ޕޭމަންޓްތައް ކުރެވޭނެ ކަމަށެވެ.

އެމް-ފައިސާ އަކީ ރާއްޖޭގައި އެންމެ އިތުބާރުކުރެވޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަންތަކުގެ ތެރޭގައި ހިމެނޭ ޑިޖިޓަލް ވޮލެޓެކެވެ. އީޒެޕްގެ އިންޓެގްރޭޝަން އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އުރީދޫން ދެކެއެވެ.