Last Updated: July 6, 18:59
Monday, July 6, 2026
ޚަބަރު

އާ ޓާމިނަލުން ނިއޯސްއަށް ހިދުމަތް ދޭން ފަށައިފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން އިޓަލީގެ ޕްރައިވެޓް އެއާލައިނެއް ކަމަށްވާ, ނިއޯސްއަށް ހިދުމަތް ދޭން ފަށައިފި އެވެ.

އާ ޓާމިނަލުން ނިއޯސްއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އެވެ.

މި ރަސްމިއްޔާތުގައި ނިއޯސްގެ ގްރައުންޑް އޮޕަރޭޝަންގެ ޑިރެކްޓަރު ޑަމިއާނޯ ރޮސޯ އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ނިއޯސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ އެއާލައިނުން ފުރި 341 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފަ އެވެ. އަދި އާ ޓާމިނަލަށް ކައިރި ކުރި ނިއޯސްގެ ފުރަތަމަ ފްލައިޓް, NO610 އިން ރާއްޖެ އައި 346 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

ނިއޯސްއިން ރާއްޖެއަށް ދަތުރުތައް ފެށީ 20 ޑިސެންބަރު 2004 ގަ އެވެ. މި އެއާލައިނަކީ އިޓަލީގެ ދެވަނައަށް އެންމެ ބޮޑު އެއާލައިނެވެ.

ނިއޯސް އާއެކު، އާ ޓާމިނަލުން ހިދުމަތް ދޭން ފެށި އެއާލައިންތަކުގެ އަދަދު ވަނީ 27 އަށް އިތުރުވެފަ އެވެ.