Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ބޭރުގެ ބޯޓެއް 12 މިލިއަނުން ޖޫރިމަނާކޮށްފި

މިލަންދޫ މަތިން ފެންނަ ގޮތް. ފޮޓޯ/ އާޒިމް ހާލިދު

ށ. މިލަންދޫ ފަރަށް އެރި ބޭރުގެ ޓަގު ބޯޓެއް 12 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރަން އެންވަރަމަންޓް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ) އިން ނިންމައިފި އެވެ.

"ޝްވޭ ލިން ޔޯން" ކިޔާ އެ ބޯޓަކީ ރިޕަބްލިކް އޮފް ނިޔޫގައި ރަޖިސްޓްރީކޮށްގެން ސިންގަޕޫރުގެ ކުންފުންޏަކުން އޮޕަރޭޓްކުރާ ބޯޓެވެ. މިލަންދޫ ފަރަށް އެރީ ބޯޓް އެރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

އީއާރްއޭ އިން ބޯޓު ފަރަށް އެރުމުގެ ސަބަބުން އެ ފަރުގެ 477 އަކަފޫޓުގެ ސަރަހައްދަކަށް ގެއްލުންވެފައިވާ ކަމަށެވެ.

އެހެންވެ ބޯޓް އޮޮޕަރޭޓްކުރާ ސިންގަޕޫރުގެ ގްލޯހާ މެރިޓައިމް ޕްރައިވެޓް ލިމިޓެޑުން 12 މިލިއަން ރުފިޔާ އިން ޖޫނިމަނާކޮށް، އެ ފައިސާ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގާފައިވެ އެވެ.

މީގެ ކުރިން ވެސް ރާއްޖޭގެ އެކި ހިސާބުތަކުގެ ފަރުތަކަށް ބޭރުގެ ބޯޓްތައް އަރައި، ލިބިފައިވާ ގެއްލުންތަކާ ގުޅިގެން ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައިވެ އެވެ.