Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ޝަރުއީ ދާއިރާގެ މުވައްޒަފުން ކަޅު ހެދުން އިހުތިޖާޖުގައި

ދައުލަތުގެ ޕޭ ފްރޭމްވޯކަށް ދާދި ފަހުން ގެނައި ބަދަލާ އެކު މުސާރަ ކުޑަވެފައިވާ ކަމަށް ބުނެ ޝަރުއީ ދާއިރާގެ މުޗައްޒަފުން އެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން މިއަދު ކަޅު ހެދުމުގައި އޮފީހަށް ނުކުމެއްޖެ އެވެ.

އެގޮތުން މި އިހްތިޖާޖުގައި މާލޭގައި ހުންނަ ކޯޓްތަކުގެ އިތުރުން ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓްތައް ވެސް އަންނަނީ ބައިވެރިވަމުންނެވެ.

މި ހިމޭން އިހުތިޖާޖުގައި ބައިވެރިވި މާލޭ ކޯޓުތަކުގެ ތެރޭގައި ހައިކޯޓް، ކްރިމިނަލް ކޯޓް، ސިވިލް ކޯޓް، ފެމެލީ ކޯޓް އަދި ޖުވައިނަލް ކޯޓް ހިމެނެ އެވެ. މި އިހުތިޖާޖުގައި ބައިވެރިވި ބައެއް ރަށްތަކުގެ ތެރޭގައި ށ. މިލަންދޫ މެޖިސްޓްރޭޓު ކޯޓާއި ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓާއި ބ. ކިހާދޫ މެޖިސްޓްރޭޓް ކޯޓާއި ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފުން ވެސް ހިމެނެ އެވެ.