Last Updated: June 6, 22:03
Saturday, June 6, 2026
ޚަބަރު

"މަގޭ ސާފު ރާއްޖެ" ކޮންފަރެންސް ފަށައިފި

"މަގޭ ސާފު ރާއްޖެ" މަހާސިންތާ މިއަދު ފަށައިފި އެވެ.

މިއަދުން ފެށިގެން އަންނަ ބުދަ ދުވަހާ ހަމައަށް ބާއްވާ މި މަހާސިންތާ ކުރިއަށް ދަނީ ލ. ގަމުގަ އެވެ.

މިއީ ދެމެހެއްޓެނިވި ގޮތުގައި ކުނި މެނޭޖް ކުރާނެ ގޮތުގެ މައުލޫމާތާއި އަދި ކުނި މެނޭޖު ކުރުމުގެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގައި ހުރި ގޮންޖެހުންތަކާއި ދަތިތަކާ މެދު ޤައުމީ ފެންވަރުގައި މަޝްވަރާކުރުމަށްޓަކައި ތިމާވެއްޓާ ބެހޭ މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވާ މަހާސިންތާއެކެވެ.

މަހާސިންތާގައި ސަރުކާރުގެ އިސްވެރިންނާއި ދާއިރާގެ ތަޖުރިބާކާރުންނާއި ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރާ އެކި ފަރާތްތައް ހިމެނޭހެން 200 މީހުން ބައިވެރިވެ އެވެ.