Last Updated: July 23, 12:04
Thursday, July 23, 2026
ޚަބަރު

އެމެރިކާގެ 'ބައިހާޓް' ރާއްޖޭގައި ވިއްކުން މަނާކޮށްފި

ކުޑަކުދިންނަށް ދޭ "ބައިހާޓް ހޯލް ނިއުޓްރިޝަން އިންފަންޓް ފޯމިއުލާ" ރާއްޖެ އަށް އެތެރެކުރުމާއި ވިއްކުން މަނާކޮށްފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ބުނީ އެ އުފެއްދުމުން "ކުލޮސްޓްރިޑިއަމް ބޮޓުލިނަމް" ޖަރާސީމު ފެނިފައިވާ ކަމަށެވެ.

އެހެންވެ އެމި އުފެއްދުން ބާޒާރުން ނެގުމަށާއި ނުވިއްކުމަށް އަދި ނައްތާލުމަށް ޔޫއެސް އެފްޑީއޭ އިން އަންގާފައިވާ ކަމުގެ މައުލޫމާތު ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީސް ނެޓްވޯކް މެދުވެރިކޮށް ހިއްސާކޮށްފައިވާ ކަމަށްވެ ސް އެމްއެފްޑީއޭ އިމން ބުންޏެވެ.

މި ޖަރާސީމަކީ "ބޮޓުލިޒަމް" ކިޔާ ބައްޔެއް ފަތުރާ ޖަރާސީމެކެވެ. އެހެންވެ ބައިހާޓްގެ ހުރިހާ ބެޗެއް ރާއްޖެ އެތެރެ ކުރުމާއި ވިއްކުން މަނާކޮށްފައިވެ އެވެ.