Last Updated: June 6, 11:01
Saturday, June 6, 2026
ޚަބަރު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް 14 މީހެއްގެ ނަން

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ފަސް މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީ ކުރިމަތިލާން ހުޅުވައިލުމުން ކުރިމަތިލެއްވި 14 މީހެއްގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ފަސް މެންބަރެއްގެ މަގާމުގެ މުއްދަތު މި މަހުގެ 29 ވަނަ ދުވަހަށް ހަމަވެ އެވެ.

ޓްރައިބިއުނަލަށް މެންބަރުން އައްޔަން ކުރުމަށް އާންމުކޮށް އިއުލާނުކުރުމުން އެކަމަށް އިޖާބަ ދެއްވި ބޭފުޅުންގެ މައުލޫމާތު ރައީސް މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ.

ރައީސް ފޮނުއްވި ނަންތައް:

* އަހުމަދު ޔާމީން، ބީޗްކޯނާ، ގދ. ގައްދޫ
* ޝިފްޒާ އަބްދުލްގައްޔޫމް، ގަސްދޮށުގެ، ގއ. ނިލަންދޫ
* އާއިޝަތު އިޝާ، ހމ. ފްލެޓް ނަންބަރު 02-2-88
* އުސާމާ މޫސާ، ޗަމަން، ށ. ކޮމަންޑޫ
* ހަސަން ނާސިހް އަހުމަދު، މާވަހި، އައްޑޫ، ހިތަދޫ
* އިބްރާހީމް އަފީފު، ގުލްބަހާރުގެ، ބ. ތުޅާދޫ
* ހަސަން ޒުހައިރު މުހައްމަދު، ގ. މާވާރުލު
* ޝަވްފާ އިބްރާހީމް، އަކިރިވިލާ، ދ. މީދޫ
* މުހައްމަދު ވަހީދު އަލީ، ދަފްތަރު ނަންބަރު ރސ 4095
* މުހައްމަދު އިމްތިޝާލް އަހުމަދު، މއ. މަލުވިލާ އުތުރުބައި
* އާމިނަތު ޝާދިޔާ، މ. ޕިސްތާގެ
* އިބްރާހީމް ޝަރީފް، ގ. އަލިޝާ
* މުހައްމަދު އަމީން ޒާހިރު، ނީލާ، އައްޑޫ، ހިތަދޫ
* މުހައްމަދު އަބާން އިބްރާހީމް، ގއ. އަންމޯލް

މި ނަންތައް ދިރާސާކޮށް މަޖިލީހަށް ފެންނަ ގޮތެއްގެ މަތީން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުން ކަމަށް އައްޔަން ކުރާނެ ފަސް ބޭފުޅެއްގެ ނަން ފާސްކޮށް ދެއްވުމަށް ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައިވެ އެވެ.

އެހެންވެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ނަންތައް ދިރާސާކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވައިފަ އެވެ.