Last Updated: June 7, 22:00
Sunday, June 7, 2026
ދުނިޔެ

މެލޭޝިއާގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

މެލޭޝިއާގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަން ނިންމައިފި އެވެ.

އެ ގައުމުގެ ކޮމިއުނިކޭޝަން މިނިސްޓަރު ފަހުމީ ފަޒީލް މީޑިއާތަކަށް ވިދާޅުވީ އެ އުސޫލަށް އަމަލު ކުރަން ފަށާނީ އަންނަ އަހަރުން ފެށިގެން ކަމަށެވެ. އަދި މިއީ ކުދިންގެ ރައްކާތެރިކަމަށްޓަކައި އަޅަން ނިންމި ފިޔަަޅެއް ވެސް ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މެލޭޝިއާގެ 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުތަން ނިންމާފައިވާތީ އޮަސްޓްރޭލިއާގައި ވެސް އެ އުމުރުގެ ކުދިންނަށް ސޯޝަލް މީޑިއާ އަންނަ މަހުން ފެށިގެން މަނާކުރަން ނިންމާފައިވާތީ އެ ގައުމުން މިކަން އަމަލު ކުރުމުގައި އަމަލުކުރާ އުސޫލުތައް ބަލަމުން އަންނަ ކަމަށެވެ.

އަންނަ މަހުގެ 10 އިން ފެށިގެން ފޭސްބުކާއި އިންސްޓަގްރާމާއި ޓިކްޓޮކާއި ސްނެޕްޗެޓާއި ޔޫޓިއުބްގެ އިތުރުން ތުރެޑް އަދި ރެޑިޑް ވެސް އޮސްޓްރޭލިއާ 16 އަހަރުން މަނާވާނެ އެވެ.