Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

އަންހެނުންގެ ކަރަންޓް ކޯސް ނިންމާލައިފި

އަންހެނުުންނަށް ހާއްސަކޮށްގެން ސްޓެލްކޯ އިން ކަރަންޓްގެ މަސައްކަތްތައް ދަސްކޮށް ދޭން ހިންގި "ބިގިނާސް އިލެކްޓްރިކް ކޯސް ފޯ ވުމެން" ނިންމާލައިފި އެވެ.

މި ކޯސް 166 އަންހެނަކި ފުރިހަމަކޮށްފައިވާ އެ މީހުންނަށް ސެޓްފިކެޓް ދޭން މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ފަސްޓްލޭޑީ ސާޖިދާ މުޙައްމަދުއެވެ.

ސްޓެލްކޯ އިން ބުނި އަންހެނުންނަށް އަމާޒުކޮށްގެން ހިންގި ކަރަންޓްގެ މަސައްކަތް ދަސްކޮށްދޭ ކޯހަކީ އެ މަސައްކަތަށް އަންހެނުން ޝައުގުވެރިކަން އިތުރުކޮށް ފިރިހެނުންނެކޭ އެއްގޮތަށް އެފަދަ ހުނަރާ ތަޖުރިބާ ލިބިފަވާ ބަޔަކަށް އަންހެނުން ހެދުން ކަމަށެވެ.

ހަތް ބެޗަކަށް ބަހާލައިގެން ކުރިއަ ށްގެންދިޔަ މި ޕްރޮގްރާމްގައި ތިން ދުވަހަށް، ކޮންމެ ދުވަހަކު ތިން ގަޑިއިރަށް ތަމްރީން ޕްރޮގްރާމް ހިންގާފައިވެއެވެ.

މި ކޯހުގައި ގޭތެރޭގައި އާންމުކޮށް ބޭނުންކުރާ ކަރަންޓުގެ ވަސީލަތްތަކަށް ދިމާވާ ދަތިތައް ރައްކާތެރި ގޮތުގައި ޙައްލުކުރުމާއި އެކަމަށް ބޭނުންވާ ވަސީލަތްތަކާއި އަދި ގޭތެރޭގައި ކަރަންޓު އިޤްތިޞާދު ކުރާނެ ގޮތްތައް ދަސްކޮށް ދީފައިވެ އެވެ.

މި ދާއިރާއިން ތަމްރީނާއި ހުނަރު ތަރައްޤީކުރުމަށް ޚާއްސަކޮށްގެން ސްޓެލްކޯ އިން ކ. ތުލުސްދޫގައި، ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކެޑަމީގެ ނަމުގައި ޚާއްސަ ޓްރެއިނިން ސެންޓަރެއް ހަދާފައިވެ އެވެ. އެއީ އެއްފަހަރާ 50 މީހުންނަށް ތަމްރީންދެވޭ ވަސީލަތްތަކާއެކު ތަރައްްގީކޮށްފަވާ ތަނެކެވެ.

ފެނަކަ އިން ވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި އަންހެނުންނަށް ހާއްސަކޮށްގެން ކަރަންޓް މަސައްކަތްތައް ދަސްކޮށްދޭ ކޯސްތަކެއް ހިންގަ އެވެ.