Last Updated: July 6, 21:02
Monday, July 6, 2026
ޚަބަރު

އިންފްލުއެންޒާއާއި ޑެންގީ ގަދައަށް ފެތުރެނީ، ސަމާލުވޭ

އައިޖީއެމްއެޗް - ފޮޓޯ: އަވަސް

މާލެ ސަރަހައްދުައި އިންފްލުއެންޒާއާއި ޑެންގީ ހުން ވަރަށް ގަދައަށް ފެތުރެމުންދާތީ ސަމާލުވުމަށް ކުޑަކުދިންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް އިލްތިމާސްކޮށްފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ މާލޭގައި އިންފްލުއެންޒާ ވަރަށް ގަދައަށް ފެތުރެމުންދާއިރު، މާލެ އަތޮޅުގައި ޑެންގީ ހުން ވަރަށް ބޮޑަށް ފެތުރެމުންދާ ކަަމަށެވެ. ޚާއްސަކޮށް މާލެ އަތޮޅު މާފުއްޓާއި، ހިންމަފުށީގައި ޑެންގީގެ ކޭސް އިތުރު ކަމަށް ފައިސަލް ވިދާޅުވި އެވެ.

ޑެންގީ އިން ރައްކާތެރިވުމަށް މަދިރިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ސިއްހީ މާހިރުން އަންނަނީ އިލްތިމާސްކުރަމުންނެވެ.

އަރިދަފުސް ރޯގާ، ކޮވިޑް އަދި އިންފްލުއެންޒާއިން ރައްކާތެރިވުމަށްޓަކާ ސައިބޯނި ލައިގެން އަތްދޮވުމާއި ކެއްސާ ކިނބިހި އަޅާއިރު އަނގަމަތި ނިވާކުރުމަށް ސިއްހީ މާހިރުން އިލްތިމާސްކުރެ އެވެ. އަދި ބަލި ޖެހުމުން ނުރައްކާ ބޮޑުވެދާނެ މީހުން އިންފްލުއެންޒާ ވެކްސިން ޖެހުމަށް އިލްތިމާސްކޮށްފައިވެ އެވެ.