Last Updated: June 6, 11:01
Saturday, June 6, 2026
ޚަބަރު

އައިއެމްސީޓީސީ އާއި ޑިފެންސް އިން 2 އެއްބަސްވުމަކަށް

އިސްލާމިކް މިލިޓަރީ ކައުންޓަ-ޓެރަރިޒަމް ކޯލިޝަނުން (އައިއެމްސީޓީސީ) އިން ރާއްޖެ އަށް ހާއްސަ އަސްކަރީ ދާއިރާގެ ދެ ޕްރޮގްރާމެއް ތައާރަފުކޮށް، ތަމްރީނު ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ޑިފެންސް މިނިސްްޓްރީއާ އެކު ހެދި އެއްބަސްވުމުގެ ދަށުން އަސްކަރީ އަދި ޓެކްނިކަލް ތަމްރީނުތައް ދިނުމަށާއި، ތަޖްރިބާތައް ހިއްސާކުރާނެ ކަމަށާއި އަދި ނުރައްކާތަކާ ކުރިމަތިލެވޭ ވަރުގެ ގުޅިފައިވާ ގާބިލިއްޔަތުތައް އުފައްދާނެ ކަމަށް ވެސް އައިއެމްސީޓީސީ ބުންޏެވެ.

އައިއެމްސީޓީސީން ބުނީ ރާއްޖެއަށް ހާއްސަކޮށްގެން ތައާރަފުކުރި "ކޮމްޕިޓެންސް" އާއ "ސައިބަ" ޕްރޮގްރާމުން ދައްކުވައި ދެނީ އެއްބާރުލުމުގެ ރާސްތާގައި މުހިއްމު ހިސާބަކަށް ދެވުން ކަމަށެވެ.

"ކޮމްޕިޓެންސް" ޕްރޮގްރާމް ހާއްސަ ކުރަނީ، ރާއްޖޭގެ ކަނޑުގެ ސިފައިންގެ އަސްކަރީ މައިދާނުގެ ތައްޔާރީވުން އިތުރަށް ވަރުގަދަ ކުރުމަށެވެ. މީގެ ތެރޭގައި ވަކިން ހާއްސަކޮށް، ކަނޑުގައި އަޅާފައި ހުންނަ މައިންތަކާ މެދު ކަންތައް ކުރާނެ ގޮތް ހިމެނެ އެވެ.

މި ޕްރޮގްރާމުގައި ހިމެނެނީ، ތިއަރީ އާއި، އަމަލީ ގޮތުން ކަންކަން ކުރާނެ ގޮތް ގުޅުވާލައިގެން، ކަނޑުގައިއަޅާ މައިންތަކުގެ ވައްތަރުތަކާއި، އެ ފަދަ މައިންތަކުގެ މެކޭނިޒަމްތަކާއި، މައިން ނައްތާލުމުމުގެ ރައްކާތެރި ގޮތްތައް އޮޅުންފިލުވައިދޭ ހާއްސަ ކޯސްތަކާއި، ޒަމާނީ އާލާތްތަކާއި، ކުރިއަރާފައިވާ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ހިންގޭ މައިން ދެނެގަތުމާއި، މައިން ސާފުކުރުމާއި، ކަނޑުއަޑީގެ އޮޕަރޭޝަންތަކާ ބެހޭ ފުޅާ ދާއިރާއެއްގެ އަމަލީ ތަމްރީނެވެ.

"ސައިބަ" ޕްރޮގްރާމަކީ ޑިޖިޓަލް ހިމާޔަތް، ތްރެޓް ޑިޓެކްޝަން، ސައިބަރ ހަމަލާ، ރެސްޕޮންސް މެނޭޖްކުރުމާ ބެހޭ ހާއްސަ ޕްރޮގްރާމްތަކުގެ ޒަރީއާއިން ރާއްޖޭގައި ވަރުގަދަ ސައިބަ ސިސްޓަމްތަކެއް ޤާއިމްކޮށް، އިންފްރާސްޓްރަކްޗާ ސެކިއުރިޓީ ހަރުދަނާ ކުރުމެވެ.

އެ ދެ ޕްރޮގްރާމް ތައާރަފުކުރަން ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާނާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދާއި ސެކިއުރިޓީ އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް މޭޖަ ޖެނެރަލް މުހައްމަދު ބިން ސައީދު އަލް މުޣައިދީ އާއި ގިނަ ޢަދަދެއްގެ މަދަނީ އަދި އަސްކަރީ އިސް ބޭފުޅުންނާއި، ޑިޕްލޮމޭޓުންގެ ބައިވެރިވެވަޑައިގަތެވެ. އެވެ.