މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ ކުށެއް ކަމަށް ހަދަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
އެ ބިލު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
އެކަމާ ގުޅޭ ގޮތުން އޭނަ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ މިސްކިތްތަކަށް ގެއްލުންދއެ ވާހަކަ އާންމުކޮށް ނުދެއްކި ނަމަވެސް މިސްކިތްތަކަށް ގެއްލުން ދިނުން މިހާރު ރާއްޖޭގައި އާންމުވެފައިވާ ކަމަށާއި ބިލު ހުށަހެޅީ އެހެންވެ ކަމަށް ވިދާޅުވި އެވެ.
"ކޮންމެ ފަހަރަކު މީޑިއާތަކުގެ ފަލަ ސުރުހީއަށް ނޭރި ނަމަވެސް، މިސްކިތްތަކަށް ގެއްލުން ދިނުން އާންމުވެއްޖެ. މިއީ މިހާރުން މިހާރަށް ހުއްޓުވަން ޖެހޭ ކަމެއް." ކުޑޫ ވިދާޅުވި އެވެ.
މި ފަހަކަށް އައިސް ރާއްޖޭގެ އެކި ހިސާތަކުގެ މިސްކިތްތައްކަށް ގެއްލުން ދިނުމުގެ އިތުރަށް މިސްކިތްތަކުގެ ހުރުމަތް ކެނޑޭ ފަދަ އަމަލުތައް ހިންގާ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ. އެގޮތުން ދާދި ފަހުން އައްޑޫ ހިތަދޫގެ މިސްކިތަކަށް ދެ ފަހަރެއްގެ މަތިން ބޮޑެތި ގެއްލުންތަކެއް ދީފައިވެ އެވެ.