ބޮލީވުޑްގެ ކުރީގެ ބަތަލާ ސެލީނާ ޖެއިޓްލީ ކައިވެނި ވަރީގެ ތުންފަތްމައްޗަށް ވެއްޓިއްޖެ އެވެ.
މިހާރު ތިން ކުދިން ވެސް ތިބި 44 އަހަރުގެ ސެލީނާ ވަނީ އޭނަގެ ފިރިމީހާ ދުބާއީ އަށް ނިސްބަތްވާ ވިޔަފާރިޔާ ޕީޓާ ހާގްގެ މައްޗަށް ގެވެށިއަނިޔާގެ ތުހުމަތުކޮށް އެ މައްސަލަ ކޯޓަށް ވެސް ހުށަހަޅައި އެވެ. މި ވާހަކަ މިއަދު ވަރަށް އަސާރާ އެކު އިންސްޓަގްރާމް ޕޯސްޓެއްގައި ހިއްސާކޮށް ސެލީނާ ވަނީ މިއީ އޭނަ އަށް ހަޔާތުގެ ވަރަށް ބޮޑު ތޫފަނާ ކުރިމަތިލާން ޖެހިފައިވާ ވަގުތެއް ކަމަށާއި ނަމަވެސް ހިތްބަލި ނުވެ ކެރިގެން މިކަމާ ކުރިމަތިލާނެ ކަމަށް ބުނެފަ އެވެ.
ސެލީނާގެ ޕޯސްޓްގައި އޭނަ ފިރިމީހާ ގާތުން ވަރިވާނެކަމުގެ އިޝާރާތެއް ވެސް ދީފައިވެ އެވެ.
ޕީޓާއާ ސެލީނާ ކައިވެނިކުރީ 2011 ގަ އެވެ. އެ ދެ މީހުންނަށް އެންމެ ފުރަތަމަ އެއްމާބަނޑު ދެ ފިރިހެން ކުދިން ލިބުނީ 2012 ގަ އެވެ. އޭގެ ފަހުން 2017 ގައި ވެސް ސެލީނާ އަށް އެއްމާބަނޑު ދެ ކުދިން ލިބުނެވެ. އޭގެ ތެރެއިން އެއް ކުއްޖަކު ވަނީ ވިހެއިތަނާހެން ހިތުގެ މައްސަލައެެއްގައި މަރުވެފަ އެވެ.
ކުރިން ވަރަށް އުފާވެރި ދިރިއުޅުމެއްގައި ޕީޓާއާ އެކު ދުބާއީގައި އުޅުނު ސެލީނާގެ ހަޔާތް އެފުށް މިފުށަށް ޖެހުނު ސީދާ ސަބަބެއް ނޭނގެ އެވެ. އަދި އެފަދަ އެއްވެސް ވާހަކައެެއް މީގެ ކުރިން އޭނަ ހިއްސާކޮށްފައެއް ނުވެ އެވެ.
އެހެންވެ މިއަދު އޭނަ އާންމުކުރި ޕޯސްޓާ އެކު ވަރަށް ގިނަ ބަޔަކަށް ހައިރާންކަން ލިބިފައިވެ އެވެ.
ދެހާސް އެކެއްގައި މިސް އިންޑިއާގެ ތާޖު ވެސް ހާސިލުކުރި ސެލީނާ ބޮލީވުޑަށް ނުކުތީ ކުރީގެ އެކްޓަރު/ޑައިރެކްޓަރު ފީރޯޒް ޚާން، އޭނަގެ ދަރިފުޅު ފަރުދީން ޚާނާ އެކު 2003 ގައި ގެނެސްދިން ފިލްމު "ޖާނަޝީން" އިންނެވެ. އޭގެ ފަހުން ސެލީނާ ކުޅުނު ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ސިލްސިލޭ"، "ނޯ އެންޓްރީ"، "މަނީ ތޯ ހަނީ ހޭ"، "ގޯލްމާލް ރިޓާންސް" އަދި "ހެލޯ، ޑާލިން" ހިމެނެ އެވެ.
ސެލީނާގެ އެންމެ ފަހުގެ ފީޗާ ފިލްމަކީ އޭނަ ހާއްސަ ފެނިލުމެއްގައި ހިމެނުނު 2012 ގެ "ވިލް ޔޫ މެރީ މީ؟"