Last Updated: July 6, 21:47
Monday, July 6, 2026
ޚަބަރު

މާލޭގެ މޭޔަރު ރޭހުގައި ފައްޔާޒުގެ ތާއީދު އަލީ އާޒިމަށް

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާ އަލީ އާޒިމް އަށް ތާއީދުކުރައްވާކަން އެމްޑީޕީގެ ޗެއާޕާސަން ކަމުން ދާދިފަހުން އިސްތިއުފާ ދެއްވި ފައްޔާޒު އިސްމާއިލް ހާމަކުރައްވައިފި އެވެ.

އަލީ އާޒިމްގެ އިތުރުން އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވަނީ މިހާރުގެ މޭޔަރު އާދަމް އާޒިމް އެވެ.

ފައްޔާޒު މިއަދު ވަނީ އާޒިމްގެ ފަރާތުން ބޭއްވި އިވެންޓެއްގައި ބައިވެރިވެ އޭނާއަށް ތާއީދުކުރައްވާކަން އިއުލާންކުރައްވާފަ އެވެ. ފައްޔާޒުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އަލީ އާޒިމަށް ތާއީދުކުރައްވާކަން ހާމަކުރައްވާފަ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިސް ބޭފުޅުން ތިއްބެވީ އާދަމް އާޒިމަށް ތާއީދުކުރައްވައިގެންނެވެ.