Last Updated: June 6, 22:05
Saturday, June 6, 2026
ޚަބަރު

'އެސްއެމްއެސްއީ އެވޯޑް' ހަފްލާ 28 ގައި

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް މި އަހަރު އަލަށް ދޭން ފަށާ 'އެސްއެމްއެސްއީ އެވޯޑް' ހަފުލާ މި މަހުގެ 28 ގައި ބާއްވަން ނިންމައިފި އެވެ.

މި އެވޯޑަކީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ބިޒްނެސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން އިންތިޒާމުކޮށްގެން ދޭ އެވޯޑެކެވެ.

އެމްއެސްއެމްއީ އެވޯޑުގެ މަގުސަދަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގައި ހަރަކާތްތެރިވާ މީހުންނަށް ހިތްވަރު ދިނުމާއި ވިޔަފާރިއެއް ފަށަން ބޭނުންވާ މީހުންނަށް އުންމީދުތައް ގެނެސްދިިނުމެވެ.

ބީސީސީން ބުނީ މި އެވޯޑްގެސަބަބުން ވިޔަފާރިތައް ވަރުގަދަވެ، އިގުތިސާ ކުރިއެރުމަށް ވެސް ބާރުއަޅާނެ ކަމަށެވެ. އަދި ކުދި އަދި ދުފަންތީގެ ގިނަ ވިޔަފާރިތައް ހިންގަނީ ޒުވާން ވިޔަފާރިވެރިންނާއި އަންހެނުން ކަމަށްވުމާއެކު، މި އެވޯޑުގެ ޒަރީއާއިން އެމީހުންގެ މަސައްކަތްތައް ފާހަގަކުރެވި، ވިޔަފާރިތައް އިޝްތިހާރުވެ، އެފަރާތްތަކުގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް ފުރުޞަތު ވެސް ފަހިވެގެން ދާނެ ކަމަށް ބުންޏެވެ.

'އެސްއެމްއެސްއީ އެވޯޑް' އަށް 33 ވިޔަފާރިން ކުރިމަތިލާފައިވެ އެވެ.

އަހަރަކު އެއް ފަހަރު ދޭން ނިންމާފައިވާ މި އެވޯޑަށް ފަނޑިޔާރުން ހޮވާ 13 ގިންތިއަކާއި، ޢާންމުންގެ މަގުބޫލުކަމާއެކު ހޮވާ 11 ގިންތިއަކުން އެވޯޑް ދޭން ހަމަޖެހިފައިވެ އެވެ.