Last Updated: June 6, 11:03
Saturday, June 6, 2026
ޚަބަރު

ފުވައްމުލަކު މޭޔަރު ދެވަނަ ދައުރަކަށް ވާދަކުރަނީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް ފުވައްމުލަކުގެ މޭޔަރު ކަމަށް ވާދަ ކުރައްވަން އެ ސިޓީގެ މިހާރުގެ ވެސް މޭޔަރު އިސްމާއީލް ރަފީއު ނިންމަވައިފި އެވެ.

އެމްޑީޕީ އަށް ނިސްބަތްވާ ރަފީގު ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިކަން އިއުލާން ކުރައްވައި ވިދާޅުވީ ފުވައްމުލަކުހެ ތަރައްގީ އަށް ކުރިއެރުމަށް ފެށިފައި ހުރު ކަންކަން ހަރުދަނާ ގޮތަކަށް ކުރިއަށް ގެންދިއުމަށާއި ޕްލޭންކޮށްފައި ހުރި އިތުރުކަންކަން ފަށައި އެކަންކަން ކުރިއަށް ގެންދިއުމަށާއި ސިޓީ ކައުންސިލްގެ އިދާރީ ހިންގުން އިތުރަށް ހަރުދާނާ ކުރުމަށް އިތުރު ދައުރެއް ފުރިހަމަ ކުރަން ބޭނުންވެ ވަޑައިގަންނަވާ ކަމަށެވެ.

"ތިބޭފުޅުންގެ އެހީތެރިކަމާ އެކު ދެވަނަ ދައުރެއްގައި ތިބޭފުޅުންނަށް، ފުވައްމުލައް ސިޓީއަށް، ޚިދުމަތްކުރުމުގެ އިޚްލާސްތެރި ނިޔަތުގައި ދެން އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ފުވައްމުލައް ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާން އަޅުގަނޑު ނިންމިވާހަކަ ފުވައްމުލަކު ލޮބުވެތި ރައްޔިތުންނާ ހިއްސާކުރަން." ރަފީގު ވިދާޅުވި އެވެ.

އޭނަ ވިދާޅުވި ގޮތުގައި ފުވައްމުލައް ކައުންސިލަކީ ސަރުކާރަކާ ގުޅިގެން، އެއްބާރުލުން ދީގެން ސިޓީ ތަރައްގީ އާއި ކުރިއެރުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް މަގުފަހިކޮށް ދޭން އަބަދުވެސް މަސައްކަތްކުރާ ކައުންސިލެއް ކަމަށެވެ.