އިންޑިއާގެ ދެކުނުގެ މަޝްހޫރު ޕްރޮޑިއުސަރު ދިލް ރާޖޫގެ ފިލްމަކަށް ބޮލީވުޑްގެ ބަތަލު ޓައިގާ ޝްރޮފް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިޑިއާުތަކުން ބުނީ ވަރަށް އަވަހަށް ރަސްމީކޮށް އިއުލާންކޮށް، ޝޫޓިން ވެސް ފަށަން ތައްޔާރުވަމުން އަންނަ މި ފިލްމަކީ މިއުޒިކަލް އެކްޝަން ފިލްމެއް ކަމަށެވެ. އަދި ޓައިގާއާ އެކު ފިލްމުގެ ބަތަލާގެ ރޯލު ކުޅޭނީ ދެކުނުގެ ބަތަލާއެއް ކަމަށްވާ މީނާކްޝީ ޗައުދަރީ އެވެ.
އޭނަ އަކީ ޖޯން އަބްރަހަމްގެ "ފޯސް 3" އަށް ވެސް ނަގާފައިވާ ބަތަލާ އެވެ.
ބޮކްސް އޮފީސް ވޯލްޑް ވައިޑުން ބުނީ ޓައިގާއާ ރާޖޫ ހަދަން ނިންމާފައިވާ ފިލްމުގެ ޑައިރެކްޓަރަކީ ކޮބައިކަން ވެސް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ.
ރާޖޫ އަކީ މި އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި އެކްޓަރު ރާމް ޗަރަން އާއި ކިއާރާ އަދުވާނީގެ "ގޭމް ޗެންޖާ" ގެ ވެސް ޕްރޮޑިއުސަރެވެ. އޭނަ މިހާތަނަށް ކާމިޔާބު ވަރަށް ގިނަ ފިލްމުތަކެއް ގެނެސްދީފައިވެ އެވެ.
ރާޖޫގެ ފިލްމަކަށް ޓައިގާ ސޮއިކުރި އިރު، އޭނަ ދާދި ފަހުން ވަނީ މަހާވީރް ޖެއިން ޕްރޮޑިއުސްކޮށް، ރާމް މަދުވާނީ ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ ވަރުގަދަ ސްޕިިރިޗްއަކް އެކްޝަން ތުރިލާއަކަށް ވެސް ސޮއިކޮށްފި އެވެ. ސެޕްޓެމްބަރުގައި ރިލީޒްކުރި "ބާގީ 4" ގެ ބަތަލުގެ އަތުގައި ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަން ރޮމޭންޓިކް އެކްޝަން ތުރިލާ "ލަގް ޖާ ގަލޭ" ވެސް ހިމެނެ އެވެ.