Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ދުންފަތް ކޮންޓްރޯލް ކުރުމުން ކުށްތައް އިތުރެއް ނުވޭ

ރާއްޖޭގައި ދުންފަތާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ދަށުން ދުންފަތާ ގުޅުން ހުރި ކުށްތައް އިތުރުވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަލީހުގެ މިއަދުގެ ޖަލްސާ އަށް މިނިސްޓަރު ހާޒިރު ކުރުމުން މެންބަރުން ކުރިމަތި ކުރެއްވި ސުވާލެއްގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުޙައްމަދު އިބްރާހިމް ކުޑޫ) ވަނީ، މިފަހަކަށް އައިސް ދުންފަތާއި ގުޅުން ހުރި ރޭވިގެން ހިންގާ ކުށްތައް އިތުރުވެފައިވާކަން ފާހަގަކުރައްވައިފަ އެވެ. އެހެންވެ އެފަދަ ކުށްތަކާއި ދުންފަތާ ދެކޮލަށް އެޅި ފިޔަވަޅުތަކާ ގުޅުމެއްވޭތޯ ސުވާލު ކުރައްވާފައިވެ އެވެ.

އޭގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އެކަން އެގޮތަށް ހިނގާ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެވެ.

"އަބަދުވެސް ބައެއް ބަދަލުތަކަކީ، އޭގެއިން ކޮންމެވެސް އަސަރެއްކުރާ ކަން އެއީ އަޅުގަނޑުމެންނަށް އެނގޭ ކަމެއް. އެކަމަކު އަޅުގަނޑު ނުދެކެން ފަހަރެއްގައި ވެސް ދުންފަތާއި ގުޅިގެން އަޅުގަނޑުމެން މިއަޅަމުންދާ ފިޔަވަޅުތައް އެއީ ކޮންމެހެން ކުށްތައް އިތުރުވާންޖެހޭ ސަބަބެއް ގޮތުގައެއް،" ނާޒިމު ވިދާޅުވި އެވެ. އެގޮތަށް އަޅުގަނޑަށް އަމިއްލަ ހައިސިއްޔަތުން ވެސް ޤަބޫލެއް ނުކުރެވޭ."

މިނިސްޓަރު އެގޮތަށް ވިދާޅުވި އިިރު ސިނގިރެޓްގެ ޑިއުޓީ ބޮޑުކުރުމާއި ވޭޕް މަނާ ކުރުން ފަ ކަންކަމާ ގުޅިގެން ގަވާއިދާ ހިލާފަށް ސިނގިރެޓާއި ވޭޕް މަނާކުރުމުން އެ ތަކެތި ގަވާއިދާ ހިލާފަށް އެތެރެކުރުމާއި އެ ތަކެތީގެ ވިޔަފާރިގެ މުއާމަލާތްތަކާއި ސިނގިރެޓް ވާނުވާ ނޭނގޭ ގޮތަށް ގެއްލުން ފަދަ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ.

އެފަދަ ބައެއް މައްސަލަތައް ފުލުހުން އަންނަނީ ތަހުގީގު ވެސް ކުރަމުންނެވެ.

ދިވެހިން ދުންފަތާ ދުރުކޮށް، ދުޅަހެޔޮ ސިއްހަތަށް މަގުފަހި ކުރުމުގެ ގޮތުން ސަރުކާރުގެ ފަރާތުން ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާޙުގެ ތެރެއިން ޖެނުއަރީ 1، 2007 އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު، މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ދުންފަތުގެ އިސްތިއުމާލުކުރުން މަނާވެސް ކޮށްފައިވެ ފައެވެ. އަދި އެއުމުރުގެ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުމަކީ ވެސް މަނާ ކަމެކެވެ.