Last Updated: June 6, 22:05
Saturday, June 6, 2026
ޚަބަރު

ޑިސެންބަރު 4 އަށް މަޖިލީޙުގެ ދައުރު ދަންމާލަނީ

ރައްޔިތުންގެ މަޖިލީހުގެ މި ހިނގަމުން އަންނަ ތިންވަނަ ދައުރު ދަންމާލަން ނިންމައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މަޖިލިސް ގަވާއިދު ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ކުރިއަށް ގެންދަން ޖެހެނީ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް ކަމަށެވެ.

ނަމަވެސް މަޖިލީހުގައި ނިންމަން ޖެހޭ މުހިއްމު މަސައްކަތްތަކެއް ހުރުމުން ދައުރު ދަންމާލަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

އެހެންވެ މަޖިލީހުގެ މި ހިނގާ ތިން ވަނަ ދައުރު އަންނަ މަހުގެ 4 އާ ހަމައަށް ދަންމާލުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އައްސަވާނެ ކަމަށް މަޖިލީހުގެ ވިދާޅުވި އެވެ.