Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

ޕްރައިމަރީ ނިންމާ ދަރިވަރުންގެ ފެންވަރު ބަލަނީ

ޕްރައިމަރީ ގުރޭޑް ނިންމާ ދަރިވަރުންގެ ފެންވަރު ވަޒަން ކުރަން ގުރޭޑް 6 ދަރިވަރުންނަށް ބާއްވާ ޤައުމީ އިމްތިހާނު އަންނަ މަހު ބާއްވަން ނެޝަނަލް އިންސްޓިޓިއުޓް ފޯ އެޑިޔުކޭޝަން (އެންއައިއީ) އިން ނިންމައިފި އެވެ.

މި އިމްތިޙާނު ބާއްވަން ތާވަލު ކޮށްފައި ވަނީ އަންނަ މަހުގެ 6-10 އަށެވެ. އިމްތިޙާނު ނަގަނީ ފަސް މާއްދާއިންނެވެ. އެއީ ދިވެއްސާއި އިސްލާމާއި ހިސާބާއި އިނގިރޭސި އަދި ސައިންސެވެ.

އެންއައިއީއިން ސްކޫލްތަކަށް ފޮނުވާފައިވާ އިމްތިޙާނުގެ ތާވަލް:

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޕްރައިމަރީ ނިންމާ ދަރިވަރުންގެ އުގެނުން މިންކުރެވޭނެ އެންމެ އެކަށީގެންވާ ލާނިން ޑޭޓާ މިހާރު ނުހުންނަ ކަމަށާއި ޤައުމީ މަންހަޖުގެ އިމްތިޙާނެއްގެ ގޮތުގައި ކީ ސްޓޭޖް 2 ނިންމާ ދަރިވަރުންނަށް ދެވޭ އިމްތިޙާނުގެ ސަބަބުން ޕްރައިމަރީ ގުރޭޑްތަކުގެ ދަރިވަރުންގެ ތައުލީމީ ފެންވަރު މަތިކުރަން ކުރަން މަސައްކަތްތައް ދެނެގަނެވޭނެ ކަމަށެވެ.

އިނގިރޭސިވިލާތާއި ސިންގަޕޫރު ފަދަ ގައުމު ތަކުގައިވެސް ވިލާތުގައި ޕްރައިމަރީ ނިންމާ ދަރިވަރުންނަށް ވެސް މިފަދަ އިމްތިހާނުތަައް ދެވި، ފެންވަރު ވަޒަން ކުރެވޭ ކަމަށް މިނިސްޓްރީން ބުންޏެވެ.