Last Updated: June 6, 11:03
Saturday, June 6, 2026
ޚަބަރު

މަހްލޫފް ޖަޕާން ސަފީރަކަށް އައްޔަން ކުރަނީ

އެމްޑީޕީން ވަކިވެވަޑައިގެން ދާދި ފަހުން ވެރިކަން ކުރާ ޕީއެންސީއާ ގުޅިވަޑައިގަތް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ޖަޕާނަކަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފި އެވެ.

އޭނަ ޕީއެންސީއާ ގުޅިވަޑައިގަތީ މަހުގެ 14 ގައި އެ ޕާޓީން ބޭއްވި ބޮޑު ޖަލްސާގަ އެވެ.

މަހުލޫފު ސިޔާސީ ދާއިރާ އަށް ނުކުންނެވީ ކުރީގެ ޑީއާރްޕީންނެވެ. އެ ދުވަސްވަރު އޭނަ ކުރީގެ ގާނޫނުއަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް އައްޔަންކުރައްވާ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރއްވި ވެ.

އޭގެ ފަހުން އާ ގާނޫނުއަސާސީގެ ދަށުން އެކުލަވައިލި ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު ކަމަށް މަހްލޫފް އިންތިހާބުވެވަޑައިގަތެވެ.

މަހްލޫފަކީ ކުރީގެ ޕީޕީއެމްގައި ވެސް އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.