Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

'ސަޅި ފެސްޓް' މާދަމާ ފަށަނީ

ޒުވާނުންގެ ހުނަރާއި ވިޔަފާރިތައް ކުރިއެރުވުމަށް އަމާޒުކޮށްގެން ބާއްވާ "ސަޅި ފެސްޓް" މާދަމާ ފަށަބް ތައްޔާރުވެއްޖެއެވެ.

މިއީ ޕްރެސިޑެންޝަލް ޔޫތް އެޑްވައިސަރީ ބޯޑުގެ އިސްނެގުމުގެ މަތިން، ޔޫތް މިނިސްޓްރީއާ ގުޅިގެން ބާއްވާ ފެސްޓިވަލްއެކެވެ.

"ސަޅި ފެސްޓް" ކުރިއަށް ދާނީ މި މަހުގެ 29 އާ ހަމައަށް ލިލީ މަގުގައި މި ހަފުތާގައި ހުލުވި ޔޫތު ހަބްގަ އެވެ.

މި ފެސްޓިވަލްގައި، ވިޔަފާރި ސްޓޯލްތަކާއި ފުޑް ސްޓޯލްތަކުގެ އިތުރުން އާ ހުނަރުތައް ދަސްކުރުމަށާއި، ހުނަރުތައް ތަރައްޤީ ކުރުމަށްޓަކައި ވޯކްޝޮޕްތައް ކުރިއަށް ދާނެ އެވެ. އަދި ލައިވް ޝޯތައް ވެސް ފެސްޓިވަލްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.

ފެސްޓިވަލުގައި ބައިވެރިންނަށް ހިލޭ ކަރޯކޭ ރޫމްތަކާއި، އެކި ކަހަލަ ގޭމް ޒޯންތަކުގައި ވަގުތު ހޭދަ ކުރެވޭނެ އެވެ.

މިއީ ޒުވާނުން އެއްތަންވެ، މަޖާކޮށް، އާ ކަންތައްތައް ދަސްކޮށް، އަދި އެކުވެރި މާހައުލެއްގައި ވަގުތު ހޭދަކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް މިނިސްޓްތީން ބުންޏެވެ.

ސަޅި ފެސްޓަށް ވެންޑަރުންގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ އިރު ލިމިޓެޑް ސްލޮޓްތަކެއް ކަނޑައަޅާފައިވާތީ، ޝައުގުވެރިވާ ފަރާތްތަކަށް މިހާރު އެޕްލިކޭޝަން ހުށަހެޅޭނެ އެވެ.